ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް މާ ބާރުމިނުގައި ކުރިއަށް ގެންދާ ކަމުގެ ތުހުމަތު ހައުސިންގް އަދި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމަށް އަމާޒުވެއްޖެއެވެ.
ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވާފައި ވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަސްލަމް ހާޒިރު ކުރައްވާފައި ވާއިރު މެންބަރު ސިރާޖު ވަނީ ލ. ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ވަނިކޮށް ބަޖެޓުގައި ނުހިމެނޭ ރ. ދުވާފަރު މަގު ހެދުމުގެ ދެ ވަނަ ފިޔަވަހި 37.8 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ހަވާލުކުރުމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
އެސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ފަހުން ސޮއިކުރެވުނު ދުވާފަރު މަޝްރޫއަކީ އާ މަޝްރޫއެއް ނޫން ކަމަށެވެ. އަދި އެއީ ކުރިން ވެސް ސޮއިކުރެވުނު މަޝްރޫއެއްގައި އިތުރު މަސައްކަތެއް ހިމެނުމަށް ހަވާލު ކުރެވުނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ އެދުމާ އެއް ގޮތަށް ވަރަށް ގިނަ މަޝްރޫއުތަކުގެ މަސައްކަތް އިތުރުކޮށްފައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެޖަވާބާ ގުޅިގެން ބައެއް މެންބަރުން ވަނީ ބަޖެޓްގައި ނެތް ކަމެއް މަޝްރޫއެއްގެ ތެރެއަށް އިތުރު ކުރަން ނިންމުމުންނާއި އެ މެންބަރުންގެ ދާއިރާގައި ހުރި ކަންކަން ކުރިއަށް ނުދާ ކަމުގެ ޝަކުވާ އުފުލާފައެވެ.
އެކަމާ ގުޅިގެން ނަޝީދު ވަނީ އެފަދަ ސުވާލުތަކާއި އިހުސާސްތައް މެންބަރުންގެ ފަރާތުން ފެންނަމުންދަނީ ވަކި ދާއިރާތަކެއްގެ މަޝްރޫއުތައް މާ ބާރަށް ކުރިއަށްދާ މަންޒަރު ފެންނަމުންދާތީ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވަނީ މަޖިލިހުގެ ސައި ކޮޓަރީގައާއި ކުޑަ ދޮށުގައާއި ތަޅުމުގައި ވެސް އެ ވާހަކަދެކެވެމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ޝަކުވާތައް އަންނަނީ ބައެއް މެންބަރުން ވިދާޅުވާ ކަންކަން ނިކަން ބާރަށް ވެފައި އެހެން ބައެއް މެންބަރުން ވިދާޅުވާ ކަންކަން ނުވާތީ ކަމަށެވެ. އެ ކަމާ މެދު ދެން ފަހަރަކުން ވިސްނަވަން ވާނެ ކަމަށް ނަޝީދު ވަނީ މިނިސްޓަރު ގާތުން އެދިވަޑައިގެންފައެވެ.
އެހެން ކިޔާނެތާ ހަވަރު ތިނަދޫގަ ބޭރު ތޮށިލާން ލިބުނު ލާރިގަނޑުން 1500 މީހުން ހަމަނުވާ ފަރެސްމާތޮޑާގަ ބޭރުތޮށިލީމަ