ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އެމަގާމުން ވަކިކުރި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓްގައި ފެށުމަށް ނިންމާ ތާވަލަށް ކޮށްފިއެވެ.

ޑރ. ޖަލީލު ގެ މައްޗަށް އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ 61 މެންބަރުން ސޮއިކުރައްވާފައިވާ ޤަރާރެއް އޭރުގެ ސަރުކާރުގެ ފަރާތުން ހުށައެޅީ 30 ޖޫން 2015 ގައެވެ. އަދި އެ މައްސަލަ އަވަސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވެސް އާއްމު ކޮމިޓު އޭރު އިސްލާހު ކުރިއެވެ.

އެ އިސްލާހުތަކާ އެކު ޑރ. ޖަމީލު ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ، 20 ޖުލައި 2015 ގައެވެ. ނައިބު ރައީސް ކަމުން ޑރ. ޖަމީލު ވަކިކުރަން އޭރު މަޖިލީހު ގެ ބޮޑު އަގުލަބިއްޔަތަކުން ވޯޓު ދީފައި ވެއެވެ. އެގޮތުން ޑރ.ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ތާއީދުކުރައްވާ، 78 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، އެ މައްސަލަ އާ ދެކޮޅަށް ދެކޮޅަށް ވޯޓު ދެއްވީ 2 މެންބަރުންނެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޖަމީލު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

ސުޕްރީމްގެ ކޯޓްގެ ތާވަލަށް އެ މައްސަލަ ލާފައިވާއިރު ފުރަތަމަ އަޑުއެހުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.