ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 30 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އިތުރު 44 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ، 18 ދިވެހިންނާއި 12 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 23 މީހަކާ އަތޮޅު ތެރެއިން ޕޮޒިޓިވްވި 7 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11421 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު އިތުރު 50 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،284 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 988 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 38 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 321 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ވަނީ 37 މީހަކު ނިޔާވެފައެވެ.‏ އަދި ޖުމްލަ ކޭސްގެ ގޮތުގައި ބަލާ ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް މަރުން ނޫން ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.