މިދިޔަ މަހު ޖުމްލަ 238 މައްސަލައެއް ހުށަހަޅައި ފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިދިޔަ މަހު ޖުމުލަ 238 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ އިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާ ކަމަށެވެ.

އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ 44 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ. އިހުމާލުވުމުގެ 29 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ އަކާއި ނަފްސާނީ ހާނިއްކައިގެ 5 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ އަކާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 2 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުން ކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 46 މައްސަލަ މިދިޔަމަހު ހުށަހަޅާފައި ވާއިރު އެ ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ 29 މައްސަލައެވެ.

އޭ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 8 މައްސަލަ އަކާއި ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ އަކާއި އިހުމާލުވުމުގެ 3 މައްސަލައެއްގެ އިތުރުން ބާރާއި ނުފޫޒު ފޯރުވުމުގެ 2 މައްސަލަ އަދި މާލީ/ އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ 24 މައްސަލަ ހުށަހަޅައިފައި ވާއިރު، އެފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 15 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 3 މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 32 މައްސަލަ ހުށަހަޅައިފައއި ވާއިރު އޭގެ ތެރޭގައި ހުމެނެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 11 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ 8 މައްސަލަ ރިޕޯޓުކޮށް އެޓެންޑް ކޮށްފައި ވާއިރު ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 10 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 3 މައްސަލަ އެއް ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 10 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައި ވެއެވެ.