ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 66 މީހަކު ދެނެގަނެވިފައިވާ ކަމަށާއި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 65 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 66 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 60 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 6 މީހުން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވް ވެފައި ވަނީ 54 ދިވެހިންނާއި 12 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވް ވި 66 މީހަކާ އެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،808 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 65 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9654 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 74 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި ތިބީ 369 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވް ވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 19 ރިސޯޓަކުން ފެނިފައި ވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވް ވެފައިވާ 10 ފަތުރުވެރި އަކާއި، 16 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.