ބަޔަކު ނުވަތަ މީހަކު ވެގެން، ބޮލީވުޑްގެ ޒުވާން ބަތޮލް ސުޝާންތު ސިންހް މަރާލީ ކަމަށް ބެލެވެން ނެތް ކަމަށް، އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސް (އެއިމްސް) އިން ރިޕޯޓް އާންމު ކޮށްފައި ވާއިރު، މައްސަލަ ބަލަމުންދާ ސެންޓްރަލް ބިއުރޯ އިންވެސްޓިގޭޝަން (ސީބީއައި) އިން، އާ ފޮރެންސިކް ޓީމެއް އެކުލަވާލަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް، ސުޝާންތުގެ އާއިލާގެ ފަރާތުން ކަނޑައަޅާފައި ހުންނަ ވަކީލު، ވިކާސް ސިންހް ބުނެފިއެވެ.

ސިންހް ބުނާ ގޮތުގައި އެއިމްސްގެ ރިޕޯޓަކީ "ވަކި ގޮތަކަށް" ނިމޭނެ ފަދަ ގޮތަކަށް އޮތް ރިޕޯޓެއް ނޫނެވެ. އެހެން ކަމުން، ބަޔަކު ނުވަތަ ސުޝާންތު މަރާލީ ނޫން ކަމަށް ބުނެވެން ނެތް ކަމަށްވެސް ސިންހް ވަކާލާތު ކުރެއެވެ. ސިންހް ބުނާ ގޮތުގައި، ސުޝާންތުގެ މަރަކީ ބަޔަކު ނުވަތަ މީހަކު ގަސްތުގައި ހިންގި ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ދިއުމަށް އަދިވެސް ފުރުސަތު އެބައޮތެވެ.

ސުޝާންތުގެ މަރަކީ އަމިއްލަ މަރެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާއިރު، އާއިލާއިން ބުނަމުންދަނީ އެއްވެސް މީހަކު އަމިއްލައަށް މަރުވާން، "ބުރަކޮށް މަސައްކަތް ކުރާނެ" މީހެއް ނޫން ކަމަށެވެ.

ކަން މިހެން އޮތް އިރު، ތަހުގީގާއި ތަހުގީގު ރިޕޯޓާ ބެހޭ މައުލޫމާތު ފުރިހަމައަށް ނޭނގޭ ފަރާތްތަކުން ފާޑުކިއަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އެއިމްސްގެ ރިޕޯޓަކީ ދެކޮޅު ޖެހޭ ރިޕޯޓެއް ކަމަށް، މުމްބާއީ ޕޮލީސް ކޮމިޝަނަރު ޕްރާމް ބީރު ސިންހްއާއި ހަވާލާދީ، އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.