ހުކުރު މިސްކިތް މަރާމާތުކުރުމަށް ބަންދުކުރުމަށް ފަހު، އަލުން ހުޅުވައިފިއެވެ.

ކޮވިޑާ ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހިފައި ވީނަމަވެސް މިސްކިތް ހުޅުވާފައި ވަނީ މި ވަގުތަށް މުހިންމު މަރާމާތާއި އާބާތުރަ ފިލުވުމުގެ މަސައްކަތައް ފަހުގައި ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މިއަދުގެ އަސުރު ނަމާދު ކުރުމަށްޓަކައި މިސްކިތް ހުޅުވާފައިވާ އިރު ކޮވިޑް19 އާއި ގުޅިގެން އެޗްޕީއޭ އާއި ކަމާއިބެހޭ އިދާރާތަކުން ދެމުންދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ ގެ ފަރާތުން އެދޭ ކަމަށެވެ.

ހުކުރު މިސްކިތް އަލުން ހުޅުވަން ބަންގި ދެނީ

ދުނިޔޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތް މަރާމާތުކުރުމަށް ބަންދުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އާކިއޮލޮޖިކަލް ސަވޭ އޮފް އިންޑިއާގެ ހާއްސަ ޓީމަކުންނެވެ.

މާލެ ހުކުރު މިސްކިތު މުންނާރަކީ 300 އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ގައުމީ ތަރިކައެކެވެ.