ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހަސަން ލަތީފު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އޭނާގެ މަންމަ ކޮވިޑަށް ޕޮޒިޓިވްވެ، އައިސޮލޭޝަނަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަަންމަ އާ ޑައިރެކްޓު ކޮންޓެކްޓު ވުމުގެ ސަބަބުން އޭނާ މިހާރު ހުރީ ހޯމް ކަރަންޓީނުގައި ކަމަށް ހަސަން ލަތީފު ވަނި ވިދާޅުވެފައެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި އޭނާ ކޮވިޑަށް ހެދި ޓެސްޓުން ނެގަޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑަށް މީހުން ޕޮޒިތިވްވާ އަދަދު ދަށްވަމުން އަންނަ އިރު އިއްޔެ އެބައްޔަށް ޕޮޒިޓިވްވެފައިވަނީ 53 މީހުންނެވެ. މި ބައްޔަށް ޖުމްލަ 10،098 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.