މާލޭ ހުކުރު މިސްކިތް އަންނަ ހަފްތާގައި ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

މަރާމަތުކޮށް އާބާތުރަ ފިލުވުމަށް ހުކުރު މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިސްކިތް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ކުރިއަށް އޮތް ހަފްތާގައި ހުކުރު މިސްކިތް އަލުން ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެރިތޭޖް މިނިސްޓްރީން ބުނިގޮތުގައި މިސްކިތުން ކަތުރުފަނި ނައްތާލުމަށްޓަކާ ދޭންޖެހޭ ޓްރީޓްމަންޓްތައް މިހާރު ވަނީ ދީ ނިމިފައެވެ. އަދި މިސްކިތުގެ ކާޕެޓު ނަގައި، ކޮލެޓީ ރަނގަޅު ނެވިލޯނު އަޅާފައިވާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާކިއޮލޮޖިކަލް ސަވޭ އޮފް އިންޑިއާގެ ހާއްސަ ޓީމަކުންނެވެ.

މާލެ ހުކުރު މިސްކިތު މުންނާރަކީ 300 އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ގައުމީ ތަރިކައެކެވެ.