މިދިޔަ އަހަރުގެ ފަހުކޮޅު، ޗައިނާއިން ފުރަތަ ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން، މިހާތަނަށް 32 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ލިބިފައިވާ އެންމެ މައުލޫމާތަށް ބަލާއިރު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 32083276 އަށް އަރާފައެވެ.
ފާއިތުވީ 24 ގަޑިއެއްހާއިރަށް ބަލާއިރުވެސް އެންމެ ގިނަ އަދަދަކަށް އާ ކޭސް ރެކޯޑް ކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ.
- އިންޑިއާ: 89688 އާ ކޭސް | 5730184 ޖުމުލަ ކޭސް
- އެމެރިކާ: 41099 އާ ކޭސް | 7139036 ޖުމުލަ ކޭސް
- ބްރެޒިލް: 32445 އާ ކޭސް | 4627780 ޖުމުލަ ކޭސް
- ފަރާންސް: 13072 އާ ކޭސް | 481141 ޖުމުލަ ކޭސް
- އާޖެންޓީނާ: 13072 އާ ކޭސް | 664799 ޖުމުލަ ކޭސް
އިއްޔެއަކީ އިސްރާއީލާއިންވެސް ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކުރި ދުވަހެކެވެ. އެގޮތުން، އިސްރާއީލުން ވަނީ 11316 ކޭހެއް ރެކޯޑް ކޮށްފައެވެ. މީގެ އިތުރުން މި ދަނޑިވަޅަކީ، ވިލާތު ބައްރުގެ ގައުމުތަކުގައި އަނެއްކާވެސް ހަލުވި ދުވެއްޔެއްގައި ބަލިމަޑުކަން ފެތުރެމުންދާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ.
ކޮވިޑް-19 ޖެހޭ ފަރާތްތަކަށް ފަރުވާ ދެމުންދަނީ ހަށިގަނޑުން ފެންނަ އަލާމާތްތަލަށް ބަލައިގެންނެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުން މާ ބޮޑު އަލާމާތްތަކެއް ނުފެނު ކަމުގައި ވީ ނަމަވެސް، 62388 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ.
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 981219 އަށް އަރާފައިވާއިރު، ޝިފާ ލިބި، ރަނގަޅުވި މީހުންގެ އަދަދު 23667229 އަށް ވަނީ އަރާފައެވެ.