ދިވެހިރާއްޖޭގެ ހައި ކޯޓާއި، ސުޕީރީއާ ކޯޓުތަކާއި، ޖުޑީޝަލް ދާއިރާތަކުގެ ކޯޓަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު އާންމު ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމު ކޮށްފައިވާ އެ ގަވަައިދަކީ "އިސް ފަނޑިޔާރު" އަކީ ދިވެހިރާއްޖޭގެހައި ކޯޓަށް އައްޔަނުކުރާ އެ ކޯޓުގެ އިސް ފަނޑިޔާރަށާއި، ސުޕީރިއާ ކޯޓުތަކަށްޢައްޔަނުކުރާ އެ ކޯޓުތަކުގެ އިސް ގާޒީންނަށާއި، ޖުޑީޝަލް ދާއިރާތަކަށް އައްޔަނުކުރާ އެ ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން އަމަލުކުރުމަށް ނިންމާފައިވާ ގަވައިދެއް ކަމަށެވެ.

އެ ގަވައިދުގައި އިސް ފަނޑިޔާރުކަމަށް ފަނޑިޔާރަކު އައްޔަނު ކުރާނީ އެ ފަރާތެއްގެ ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި، ގާބިލުކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ބެލުމަށްފަހު، ޖޭއެސްސީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނުވަތަ ސުޕީރިއާ ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ، އެ ކޯޓެއްގައި މަސައްކަތްކުރާފަނޑިޔާރުންނަށެވެ. އަދި ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަމަށް ކުރިމަތިލެވޭނީ، އެ ޖުޑީޝަލް ދާއިރާއެއްގައި މަސައްކަތްކުރާ ކޯޓުތަކުގެމެޖިސްޓްރޭޓުންނަށެވެ.

އިސްފަނޑިޔާރު އައްޔަނުކުރާ މިންގަނޑުގެ ގޮތުގައި ބަލާފައި ވަނީ ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލުމާއި މުޖުތަމައުގައި ދިމާވާ ކަންތައްތަކާމެދު ގެންގުޅޭ ނަޒަރިއްޔާތަށް ބެލުމާއު މުއާމަލާތު ކުރުމުގެ ހުނަރާއި އަމިއްލަ ނަފްސަށް އިތުބާރުކުރާ މިންވަރާއި މަސަތްކަތުގެ އަހްލާގާއި ހިންގުމުގެ ހުނަރުގެ އިތުރުން ކުރިމަތިލައިފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެވިސްނުން ހުރި މިންވަރުގެ މައްޗަށެވެ.

އިސް ފަނޑިޔާ ރުކަމަށްޢައްޔަނު ކުރާނެފަނޑިޔާރު ކަނޑައެޅުމުގައި ބަލާނީ މަސަތްކަތުގެ އަހްލާގަށް ބެލުމަށްފަހު، ލިސްޓުގައިވާ ތަރުތީބުން އެންމެ މަތިން ގްރޭޑް ކޮށްފައިވާ ފަނޑިޔާރަށް އެންމެފުރަތަމަ ވޯޓަށް އަހައި، ކޮމިޝަނުގެ އަގުލަބިއްޔަތު ފުރަތަމަ ލިބޭ ފަނޑިޔާރެއްއެ ކޯޓެއްގެ އިސް ފަނޑިޔާރެކެވެ.

އެއް ފަނޑިޔާރަކަށް ނުވަތަ އެއަށްވުރެ ގިނަ ފަނޑިޔާރަކަށް ލިބިފައިވާ ޖުމުލަ މާކްސް އެއްވަރުވެއްޖެނަމަ، އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ފުރަތަމަ ވޯޓަށް އަހާނެފަނޑިޔާރުން ކަނޑައަޅާނީ، ފަނޑިޔާރުކަމުގެ ހިދުމަތުގައި ވީ މުއްދަތަށްބެލުމަށްފަހު ކަމަށާއި އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިސް ފަނޑިޔާރުކަމަށް ހޮވުނު ފަރާތަށް ހޮވުނުކަން އަދި ނުހޮވޭ ފަރާތަށް ނުވަތަ ފަރާތްތަކަށް ނުހޮވުނުކަން ކޮމިޝަނުން އަންގަން ޖެހޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ކޮމިޝަނުން ނިންމައިފައިވާ ފަރާތްތައް އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައިކަންތައްތައް ކުރާނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ އެ ގަވާއިދު ކޮމިޝަނުން ފާސްވެ، ސަރުކާރުގެ ގެޒެޓުގައި އެ ގަވާއިދު ޝާއިރު ކުރުމުންނެވެ.