މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

މާދަމާ އިން ފެށިގެން ތެޔޮވިއްކާ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެ ބަދަލާ އެކު މިހާރު މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް 7.33 ރުފިޔާ އަށް ލިބޭއިރު އާއްމުންނަށް ޑީސަލް ލީޓަރެއް ލިބޭނީ 13 ރުފިޔާ އަށެވެ. ކުރިން މަސް ދޯނިފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 8.65 ރުފިޔާއަށެވެ. ބާޒާރުގައި ޑީސަލް ލީޓަރެއްގެ އަގު އުޅެނީ 8.71 ރުފިޔާ އަށެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފްކޯ އިން ވަނީ މަސްވެރިންނަށް ފޯރުކޮށްދޭ ތެލުގެ އަގު އިތުރަށް ހެޔޮކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.