މަހަށް ގޮސް އުޅެނިކޮށް، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އދ. މަންދޫ ހުޅަނގުން 101 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "ކޮންކޯޑް"ނަމަކަށް ނިޔާ ދޯނީގެ އުމުރުން 65 އަހަރުގެ ދިވެއްސެއްގެ ލޮލަށް ބުޅިއެއް ހެރިގެން މިރޭ 7:06 ހާއުރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް އެސްޖީ ސްކޯޑަންގެ ސިފައިން އެމީހާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް މަސްވެރިކަމަށް ނިކުމެ އުޅޭ މީހުންގެ ލޮލަށް ބުޅި ހެރިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.