ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 67 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 44 ދިވެހިންނާއި، ރާއްޖޭން ބޭރަށް ނިސްބަތްވާ 23 މީހުންނެވެ.

‏މިއަދު ޕޮޒިޓިވްވި 67 މީހުންގެ ތެރެއިން 62 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. އަދި 5 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވް ވި މީހުންނެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 1422 މީހެކެވެ. އޭގެ ތެރެއިން 104 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 684 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 9494 އަށް އަރާފައި ވާއިރު އޭގެތެރެއިން މީހުންގެ ތެރެއިން 33 މީހަކު ވަނީ ނިޔާވެފައެވެ.

‏އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 8033 އަށް އަރާފައެވެ. މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 130 މީހުން ވަނީ މިއަދު ބަލިން ރަނގަޅުވެފައެވެ.