އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕޭން ހަަރަކާތަކީ އަޑީގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޑިއާ އައުޓް" އޭ ބުނަނީ ރާއްޖޭގައި ހަރަމާތްތެރިވާ އައިއެސްއައިއެސް ގެ ސެލްތަކުން ކަމަށާއި އެކަން މިހާރު ވަރަށް ގިނަ ބައިނަލްއަގުވާމީ ދާއިރާތަކަށް ސާފުވާނެ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން އެ ޝިއާރު ބޭނުން ކުރަން އެދޭނަމަ އެއީ އައިއެސްއައިއެސް އަށް ރާއްޖެ ހިފުމަށް ދެވޭ ދައުވަތެެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިންޑިއާ އައުޓު" ކެމްޕޭންގެ ހަރަކާތުގައި އިދިކޮޅު ކޯލިޝަނުންގެ ފަރާތްތަކާއި އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
އެގޮތުން އާންމު ރައްޔިތުންނާއި އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ގާއިމުވެ ތިބޭ ތިބުމާމެދު ދިވެހިން ގެންދަނީ ނުރުހޭކަން ފާޅުކޮށްފައެވެ.
ނަޝީދު އަހެރެމެން ބޭނުން ވަނީ އެމީހުން ބޭރުކުރަން، އަދި މަނިކުފާނުވެސް ޖަލައްލާން.
އެއީ މަޑުކަށި މީހުންގެ ހަރަކީތެއް. %90 ދިވެހިން ބައިވެރިވާ ހަރަކާތެއް. އޮޅުވާލަންވެސް ތިއީބޮޑުވަރެއް.