ހދ. ކުޅުދުއްފުށިން ނިޔާވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' ކުޅުދުއްފުށި ހޮސްޕިޓަލުގެ މެނޭޖާ އަހުމަދު ދާއޫދު ވަނީ ކަށަވަރުކޮށްދީފައެވެ.

‏އެމިހާ އަކީ ހޯމް އައިސޮލޭޝަންގައި ހުރި މީހެއް ކަމަށް ދައޫދު ވަނީ ވިދާޅުވެފައެވެ. 58 އަހަރުގެ އެ ފިރިހެން މީހާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ދާއޫދު ވިދާޅުވިއެވެ.

‏މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ހއ. ކެލާއަށް ނިސްބަތްވާ މީހެކެވެ. އެމީހާ އަކީ މާލެއިން ކެލާއަށް ދަތުރުކޮށް ހޯމް އައިސޮލޭޝަނުގައި ހުރި މީހެކެވެ. އަދި އެމީހާ ކުޅުދުއްފުއްޓަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި ފަރުވާ ހޯދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

‏ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީ އެއް ކަމަށްވާ ކެޕީއެލް ގެސްޓްހައުސް ގައި އައިސޮލޭޝަންގައި އެމީހާ ހުރިއިރު އެފެސިލިޓީގައި އެމީހާ ހުރީ މާލެ ދަތުރުކޮށް ކަރަންޓީންގެ މުއްދަތު ހަމަނުވާތީ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެމީހާއަށް ފަރުވާ ދީފައިވަނީ ވެސް އެގެސްޓްހައުސްގައި ބާއްވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

‏އެމީހާ އަކީ އެމީހާއަކީ ދިގު މުއްދަތަކަށް ބޭސްކުރާ މީހެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.