ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 116 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

‏މިދިޔަ 24 ގަޑިއިރުތެރޭ 116 ރަނަގަޅު ވުމާއެކު، މުޅިއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 6052 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި 8667 މީހުންގެ ތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2580 މީހެކެވެ. އޭގެ ތެރެއިން 142 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1118 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

‏މިއަދު 83 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި 22 ބިދޭސީ އެކެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 82 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 1 މީހެކެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 35 ރަށަކާއި 22 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 19 ޓޫރިސްޓަކާއި 48 ސްޓާފުންނެވެ.