މިއަދުވެސް 125 މީހުން ޕޮޒިޓިވް، 112 މީހުންނަކީ ދިވެހިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

‏މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 112 ދިވެހިންނާއި، ރާއްޖޭން ބޭރަށް ނިސްބަތްވާ 13 މީހުންނެވެ.

‏މިއަދު ޕޮޒިޓިވްވި 125 މީހުންގެ ތެރެއިން 106 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 19 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2629 މީހެކެވެ. އޭގެ ތެރެއިން 168 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1235 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8486 އަށް އަރާފައި ވާއިރު އޭގެތެރެއިން މީހުންގެ ތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.

‏އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 5822 އަށް އަރާފައެވެ. މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 180 މީހުން ވަނީ މިއަދު ބަލިން ރަނގަޅުވެފައެވެ.