ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 73 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

‏މިދިޔަ 24 ގަޑިއިރުތެރޭ 73 ރަނަގަޅު ވުމާއެކު، މުޅިއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 5338 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި 8140 މީހުންގެ ތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2767 މީހެކެވެ. އޭގެ ތެރެއިން 166 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1365 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

‏މިއަދު 137 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 114 ދިވެހިންނާއި، ރާއްޖޭން ބޭރުގެ 41 މީހުންނެވެ.

‏މިއަދު ޕޮޒިޓިވްވި 137 މީހުންގެ ތެރެއިން 129 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 8 މީހުންނަކީ އަތޮލޫތެރެއިން ޕޮޒިޓިވްވި މީހުންނެވެ.