މިހާރުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ފެންނަނީ ރާއްޖޭގެ ރައްޔިތުން ނިކަމެތިވެ ކޮރަޕްޝަން ތަރައްގީވެފައިވާތަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ، ޖަމީލް ވިދާޅުވީ ސަރުކާރުގެ އަމަލުތަކުން ރައްޔިތުންވީ ނިކަމެތި ވެފައިވާ ކަމަށާއި މިހާރު ފެންނަމުންދަނީ މުޅިންވެސް ކޮރަޕްޝަން ތަރައްގީވިތަން ކަމަށެވެ،

އަދި މަޖިލީހުގެ ބައެއް މެންބަރުންގެ ވިސްނުމުން ކޮވިޑާ ގުޅިގެން ކޮރަޕްޝަން ނެތްކަމަށް ގަބޫލުކުރައްވަނީތޯ އާއި އޮޑިޓް ރިޕޯޓަކީ ގާނޫނީ ހައިސިއްޔަތެއް ނެތް އެއްޗެއް ކަމަށް އެ މެންބަރުން ބަލައިގަތީތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މަޖިލީހުގެ މި މެމްބަރުންގެ ވިސްނުމުން ކޮވިޑާ ގުޅިގެން ކޮރަޕްޝަން ނެތްކަމަށް ޤަބޫލްކުރަނީބާ؟ އޮޑިޓް ރިޕޯޓަކީ ޤާނޫނީ ހައިޞިއްޔަތެއް ނެތް އެއްޗެއް ކަމަށް މެމްބަރުން ބަލައިގަތީތޯ؟ ސަރުކާރުގެ އަމަލުތަކުން ރައްޔިތުންވީ ނިކަމެތި. އަދި ފެންނަނީ މުޅިންވެސް ކޮރަޕްޝަން ތަރައްގީވިތަން.
ޖަމީލް

ޑރ، ޖަމީލް އެފަދައިން ވިދާޅުވެ ސުވާލު އުފައްދަވާފައި ވަނީ އިދިކޮޅު ކޯލިޝަނުން ބިރު ގަންނަނީ މި ސަރުކާރުގެ ފަސް އަހަރުގައި ވައްކަމާނުލައި ތަރައްގީ ކުރެވޭކަން މި ސަރުކާރުން ދައްކަފާނެތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވުމާއި ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ރޮޒައިނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ފަރާތްތަކުން މަސައްކަތް ކުރަނީ އޮޅުވާލުމަށް ކަމަށާއި އެފަރާތްތަކުން މަސައްކަތް ކުރަނީ ދޮގުތަކެއް ހަދައިގެން އިންޑިއާ ސަރުކާރާ ދިވެހި ރައްޔިތުންނާ ދޭތެރެ ޖެއްސުމަށް ކަމަށެވެ.