ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޕީއެންސީން ބުނީ، ޕީއެންސީގެ ރައިށް އަދި އެ އިދިކޮޅި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް މާދަމާ ހެނދުނު 10:00 އަށް ފުލުހަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ.

އަދުރޭ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވާއިރު ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހަވީރު 4:00 އަށް ފުލުހަށް ހާޒިރުކުރުމަށް ވަނީ ނިންމަވާފައެވެ. ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރަނީ މިދިޔަ ހުކުރުދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި އަދި މާލޭސިޓީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ރައީސް ވަހީދަށް އަންގާފައި ވަނީ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި ފުލުހަށް ހާޒިރު ވުމަށެވެ. އެގޮތުން މިއަދު ހަވީރު 04:00 އަށް ފުލުހަށް ހާޒިރުވުމަށް ނިންމެވީ ރައީސް ވަހީދެވެ.

މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.