މިރޭ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން މަޖިލިސްގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް ގައުމީ ސަލާމަތުގެ ކޮމިޓީން އަލިފާނުގެ ހާދިސާ ބަލަނީ ކޮން ސަބަބަހާ ހުރެކަމެއް ނޭނގެއެވެ.
މިޭ ހިނގި އަލިފާނުގެ ހާދިސާ ބވައެއް ފަރާތްތަކުން ސިޔާސީ ކޮށް، ސޯޝަލް މީޑިއާގައި ވަނީ އެ މައްސަލަ ބަލަން ގޮވާލާފައެވެ. އެ ގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަދުން ހުސެން) ވަނީ އަލިފާނުގެ ހާދިސާއަކީ އެކްސިޑެންޓަކަށް ވުރެ ބޮޑަށް އިންޑިއާ އާ މެދު ނަފްރަތު އުފައްދާ އެސްބީއައި ގައި އަލިފާން ރޯވެ އަނދަމުން ދާ ކަމީ ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ތަގުގީގު ކުރުމަށް ވެސް އޭނާ ވަނީ ގޮވާލަލއްވައިފައެވެ.
އެއާއެކު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ ޖަޕާނުގެ ޕްރިމް މިނިސްޓަރުވެސް މިއަދު އިސްތިއުފާ ދެއްވައިފި ކަމަށެވެ.
މިރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ.
އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލު ކޮށްފައިވާއިރު މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެސަރަހައްދުގައި އުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.