އުމުރުން79 އަހަރުގެ ފިރިހެނަކު ކޮވިޑް ގައި ނިޔާވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ނިޔާވި މީހާ އޮތީ އައިޖީއެމްއެޗްގެ އެމަޖެންސީރޫމްގައި ކަމަށެވެ.

އެމީހާ ނިޔާ ވެފައިވަނީ ރޭދަންވަރު 02:58ގައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މިއަދު ނިޔާވި މީހާ އާއެކު މިމަހު މިހާތަނަށް 10 މީހުން ވަނީ ނިޔާވެފައެވެ.‏

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 27 ވަނަ މީހާ ކަމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ.‏

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާއިރު އިއްޔެ ވެސް ކޮވިޑަށް ވަނީ 119 މީހަކު ޕޮޒިޓިވް ވެފައެވެ. އޭ ތެރޭގައި ހިމެނެނީ، 100 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 11 މީހަކާއި އިންޑިއާގެ 3 މީހަކާއި ފިލިޕީންސްގެ 3 މީހުންނާއި އެމިރޭޓްސްގެ ދެ މީހުން އަދިސްރީލަންކާގެ އެކަކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 110 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 9 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.‏

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6779 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 4222 އަށް ވަނީ އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ.