އަންނަ ހުކުރު ދުވަހު އަތޮޅު ތެރޭގައި މުޒާހަރާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރުމަށް ނިންމާފައިވަނީ މިސަރުކާރުން ދިވެހިރާއްޖެ ދަރަނިވެރި ކުރުވާ ބޭރު ގައުމުތަކުން ބޮޑެތި ލޯނު ނަގަމުންދާތީ އެކަމާ ދެކޮޅަށެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ "ރާއްޖެ ވިއްކުމާ ދެކޮޅަށް" ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުޒާހަރާ މާލެ ސަރަހައްދު ފިޔަވާ ހުރިހާ ރަށެއްގައި ކުރިއަށްދާނެ ކަމަށެވެ.
ހުކުރު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:000 އަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އެމުޒާހަރާތަކަކީ ސުލްހަވެރި ކަމާއެކު ކުރިއަށް ދާނެ މުޒާހަރާތަކެއް ކަމަށް ސުޖާއު ވިދާޅުވިއެވެ.
ސަރުކާރުން ބޭރު ގައުމުތަކުން ބޮޑެތި ލޯނުތައް ނަގަމުންދާކަން ފާހަގަކުރައްވަމުން ސުޖާއު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ހާލަތަށް ގޮސްފައިވާ ކަމަށް އަޑުތައް ކަމަށެވެ.
ސުޖާއު ވިދާޅުވީ އައްޑޫ ސިޓީގެ ބައެއް ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ރާއްޖޭގެ ބައެއް އެއާޕޯޓުތައް ދިގު މުއްދަތައް ކުއްޔަށް ދިނުން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
.