ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި 20 އަލްޓްރާ 5ޖީ މޮބައިލް ފޯނު ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސެމްސަންގެ އެންމެ ފަހުގެ އެ ފޯނު ތަކަކީ އެކުންފުނިން އެންމެ ފަހުން ތައާރަފުކުރި ފްލޭގްޝިޕް ފޯނުތަކެވެ. ދިރާގު މެދުވެރިކޮށް މި ފޯނުތައް ޕްރީއޯޑަާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ދަށުން 6 މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހަމައެއާއެކު، ނޯޓް20 ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެ ދެ ފޯނަކީވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނުތަކެކެވެ. ދިރާގުން ބުނީ ގެލެކްސީ ނޯޓް 20 5ޖީ ގެ ފޯނުތައް ތަފާތު 2 ކުލައެއްގައި ލިބިގެން ދާނެ ކަމަށެވެ. އެއީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން އެވެ.

އޭގެ އިތުރުން ނޯޓް 20 އަލްޓްރާ 5ޖީ، މިކްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް، މި ދެކުލައިން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެ ދެ ފޯނުވެސް ލިބިގެންދާނީ 256ޖީބީގެ ކެޕޭސިޓީއާ އެކުއެވެ.

ސެމްސަންގުން ހާމަ ކުރާ ގޮތުގައި އެ ދެފޯނުގައިވެސް 5ޖީ ބޭނުން ކުރެވޭނެކަމަށާއި އެ ފޯނު ތަކަކީ ގޭމް ކުޅޭ މީހުންނާއި "ޕަވާ ޔޫސަސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވެގެންދާނެކެމަށެވެ.

މީގެ އެއް ހެއްކަކީ އެ ފޯނު ތަކުގެ ޑިސްޕްލޭ ތަކެވެ. ސެމްސަންގް ގެލެކްސީ ނޯޓް20 ގެ ސްކްރީން ސައިޒުގައި 6.7 އިންޗް ހުންނަ އިރު އަލްޓަރާ 20 5ޖީ ގެ ސްކްރީން ސައިޒަކީ 6.9 އިންޗެވެ. ދިރާގު ކަސްޓަމަރުންނަށް ސެމްސަންގްގެ މި އައު ފޯނުތައް ދިރާގު ވެބްސައިޓް މެދުވެރިކޮށް މިހާރު ޕްރީއޯޑާ ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.