ރަސްފަންނުގެ ވެލިމަގު ހުޅުވާ، މާލެ ވަށައި ދުއްވޭ ގޮތް ހަދައިފިއެވެ.

ރަސްފަންނުގެ ވެލިމަގުގެ ގޮތުގައި ތަރައްގީކުރި ސަރަހައްދު ލެވެލްކޮށް، ގާ އެތުރުމަށްފަހު ދުއްވާ އެއްޗެއްސަށް ހުޅުވާލައިފައި ވަނީ މި ހަފުތާގެ ކުރީކޮޅު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެ މަގު ތަރައްގީކޮށްފައި ވަނީ ދެކޮޅަށް ވެސް ވެހިކަލަށް ދުއްވޭ ގޮތަށެވެ. އެ މަގު އަލުން ހުޅުވާލީ މަގު ހެދުމުގެ އާ ޕްރޮޖެކްޓުގެ ދަށުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ބުނީ ވެލި މަގު ހުޅުވުމަށް ކުރިން ރާވާފައި އޮތީ އޭޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ކޮވިޑް19ގެ ސަބަބުން އެ މަސައްކަތަށް 3 - 4 މަހުގެ ޑިލޭއެއް ކުރިމަތިވީ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ރަސްފަންނަކީ ގިނަ އަދަދަކަށް މާލޭގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަ ޖައްސާލުމަށް ގޮސް އުޅޭ ސަރަހައްދެކެވެ.