މިއަދު ރާއްޖޭގައި ކޮވިޑް-19އަށް 78 މީހަކު ޕޮޒިޓިވް ވި އިރު އޭގެ ތެރެއިން 46 މީހުންނަކީ ދިވެހިންނެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި ބަންގްލްދޭޝްގެ 25 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 4 މީހަކާއި ނޭޕާލްގެ އެކެއްގެ އިތުރުން ލަންކާގެ 2 މީހެކެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 74 މީހަކު ޕޮޒިޓިވްވީ މާލެ އިންނެވެ. މިއަދު ހަތަރު މީހަކު ވަނީ އަތޮޅުތަކުން ޕޮޒިޓިވް ވެފައެވެ.

މިއަދު ބަލިން ރަނގަޅުވެފައި ވަނީ 90 މީހުންނެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ޖުމްލަ 3010 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 150 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1506 މީހަކު އެބަ ތިއްބެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5572 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 22 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 8 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސް ހުރި ރަށްރަށުގެ ގޮތުގައި 14 ރަށެއް ހިމެނެއެވެ. އެއީ ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު ކ. މާފުށި، ކ. ތުލުސްދޫ، ވ. ފުލިދޫ، ފ. ނިލަންދޫ، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.