ކޮވިޑާ ގުޅިގެން މަސައްކަތް ކުރާ ފްރޮންޓްލައިން މީހުންގެ އެލަވަންސްގެ ގޮތުގައި 825 މީހަކަށް 10 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ފްރޮންޓްލައިންގައި މަސައްކަރްކުރާ މީހުންނަށް ދޭން ޖެހޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިއަދު 825 ފަރާތަކަށް 10.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
އެގޮތުން މާޗް މަހާއި ޖޫން މަހުގެ ނިޔަލަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ 1045 މީހަކަށް ޖުމްލަ 13.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ އިތުރު މުވައްޒަފުންނަށް އެލަވަންސް ލިބޭނެ ކަމަށެވެ.
ފްރޮންޓްލައިން އެލަވަންސް ލަސްވާތީ ގިނަ ފަރާތްތަކަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން މިހާތަނަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ކޮވިޑްގެ ސަބަބުން އާމްދަނީއަށް އަސަރުކުރި 6638 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ވަނީ ދީފައެވެ.