އާންމު ގޮތެއްގައި އަހަރުގެ މިހާ ހިސާބަށް އަންނައިރު، ބާއޯ ވެންޓާއޯގެ އާއިލީ ދަނޑުބިންތަކުގައި ހެދިފޯދިފައިވާ ހަނޑޫގަސްތަކުން ހަނޑޫކަނޑަން ޖެހެއެވެ.

ނަމަވެސް، މިހިނގާ 2020 ވަނަ އަހަރަކީ ތަފާތު އަހަރެކެވެ. ޗައިނާގެ ދެކުނުގެ ސަރަހައްދަކަށް ކުރަމުންދާ ގަދަ ވިއްސާރާގައި ދަނޑުބިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އުމުރުން އެންމެ 19 އަހަރުގެ ބާއޯއާއި އޭނާގެ ބައްޕަ، ޕޯޔަންގް ލޭކް ސަރަހައްދުގައި ހައްދަމުން އަންނަ 36 އޭކަރުގެ ދަނޑުބިމުގެ ހާލަކީވެސް މިއީއެވެ.

ޔެންގްޒީ ކޯރުގެ އައްސޭރި ފަށުގައި އޮންނަ ޗައިނާގެ ވޫހާން ސިޓީގައި ފެންބޮޑުވެފަ/ފޮޓޯ: ގެޓީއިމޭޖަޒް

ބާއޯ ކިޔައިން ގޮތުގައި ހަނޑޫ ދަނޑުތައް އެކީ އެކައްޗަކަށް ހަލާކުވެއްޖެއެވެ. މިހާރުވެސް އެނާގެ އާއިލާއަށް 28000 އެއްހާ ޑޮލަރުގެ ގެއްލުން ވެއްޖެއެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަން ފެށިއިރު ހަނޑޫކަނޑަށް ތައްޔާރުވެއްޖެއެވެ. ނަމަވެސް، މިހާރު، "އެކައްޗެއްވެސް ނެތް" ކަމަށް ބާއޯ ބުންޏެވެ.

"މަހާ ހަނޑުލުގެ" ބިމުގެ ގޮތުގައި ސިފަކުރަމުން އަންނަ ޖިއާންގްޝީ ޕްރޮވިންސްގައި އޮންނަ ޕޯޔަންގް ލޭކު ފުރި ބަންޑުންވީ ހުސްވި ޖުލައި މަހުއެވެ. ޕޯޔަންގް ލޭކާ ގުޅިފައިވާ ޔާންގްޒީ ކޯރު، 3900 އެއްހާ މޭލަށް ދެމިގެންދާއިރު، މިއީ ޗައިނާގައި އުފައްދާ ހަނޑުލުގެ 70 ޕަސެންޓް ހިއްސާއާ ގުޅިފައިވާ ކޯރެކެވެ.

މިއީ ހަމައެކަނި ބާއޯއާއި އޭނާގެ ބައްޕަ ހާލެއް ނޫނެވެ. އަދި ވިއްސާރާގައި ހަލާކުވި ކަނޑަން ތައްޔާރުވެފައި ހުރި ހަނޑޫ އެކަންޏެއްވެސް ނޫނެވެ. ދަނޑުބިންތަކުން އެއްވެސް އެއްޗެއް ސަލާމަތް ކުރުމުގެ ފުރުސަތެއް މިފަހަރު ނުލިބުނެވެ. ބާއޯ ކިޔައިދިން ގޮތުގައި އޭނާގެ ދަނޑުބިންތައް އަދިވެސް ވަނީ ފެނު އަޑީގައެވެ. މީގެ މާނައަކީ މުޅި އަހަރު ދުވަހު އެއްވެސް ކަހަލަ އުފެއްދުމެއްގެ ފައިދާ ނުލިބޭނެ ކަން ކަމަށްވެސް ބާއޯ ބުންޏެވެ.

ޗައިނާއަށް ކުރަމުންދާ ގަދަ ވިއްސާރާގައި ފެންބޮޑުވެފައި ސަރަހައްދެއް/ފޮޓޯ: ޝީންހުއާ

ބާއޯގެ ދަނޑުބިންތަކާ އިތުރު 13 މިލިއަން އޭކަރުގެ ދަނޑުބިން ހަލާކުވެދިޔަ ދިއުމަކީ މި ފަހުގެ ތާރީހުގައިވެސް ޗައިނާގެ ދަނޑިވެރިކަމުގެ ސިނާއަތް ދުށް އެންމެ ހިތްދަތި އެއް މަންޒަރެވެ. ކުއްލި ނުރައްކާތަކާ ބެހޭ ޗައިނާގެ ވުޒާރާއިން ލަފާ ކުރާ ގޮތުގައި ގަދަ ވިއްސާރައިގެ ސަބަބުން ހަލާކުވި ދަނޑުބިންތަކާ، މަގުތަކާ އެނޫންވެސް މުދަލަށް ލިބުނު ގެއްލުމުގެ އަގު 21 ބިލިއަން ޑޮލަރަށް އަރާނެއެވެ. މިކަމުގެ އަސަރު، ބާއޯ ފަދަ 55 މިލިއަން މީހަކަށް ފޯރައެވެ.

މި ޚަބަރަކީ، ދުނިޔޭގައި 2 ވަނައަށް އެންމެ ވަރުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާއަށް ލިބުނު ދެރަ ޚަބަރެކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިލާންޖެހުނު އިގުތިސޯދީ އިނދަޖެހުމާއެކު ރިހުނު ފައި މައްޗަށް ފޮއި ވެއްޓުނީއެވެ. ދަނޑުބިންތަކަށް ލިބުނު ބޮޑު ގެއްލުމާއެކު ޗައިނާއަށް ބޭނުންވާ

ޗައިނާގެ ރައީސް ޝީޖީންޕިންގް ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް މި ދެއްކެނީ މުޅިންވެސް ހަނޑުލުގެ ވާހަކައެވެ. ގޮދަނާ ޒުވާރީގެ ދަނޑުވެރިކަމަށްވެސް ނޭދެވޭ އަސަރު ވަނީ ފޯރާފައެވެ. ޒުވާރީގެ އަގާ، ސޯއީބީންސްގެ އަގުތައްވެސް ދަނީ އުފުލެމުންނެވެ.

ކާބޯތަކެތީގެ ސަޕްލައި އެ ގައުމުން ކަށަވަރު ކުރަމުންދަނީ ބޭރު ގައުމުތަކުން އިމްޕޯޓް ކުރާ މުދަލަށް ބަރޯސާ ވެގެންނެވެ. މީގެ އިތުރުން އެ ގައުމުގެ އިސްތިރާޖުތަކުގެ ތެރެއިން އެކުލަވާލާފައިވާ ރިޒާވުންވެސް އެތައް މިލިއަން ޓަނެއް މިހާރު ދޫކޮށްފިއެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނީ މާޗް 10 ވަނަ ދުވަހު ވޫހާންއަށް ވަޑައިގެންފަ/ފޮޓޯ: އެންވައިޕީ

ނަމަވެސް މުރާސިލުން ލަފާކުރާ ގޮތުގައި މިއީ ދިގު މުއްދަތުގެ ހައްލެއް ނޫނެވެ. ޗައިނާއާއި ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކާ ދެމެދު ގުޅުން ހީނަރުވެފައިވާ މިދަނޑިވަޅުގައި ޗައިނާއަށް އުފުލަންޖެހޭ ތަކުލީފު ބޮޑެވެ. މޫސުމީ ވިއްސާރައިގެ ވާހަކަ އަދި ނިމުނީކީ ނޫނެވެ. ކުރިއަށް އޮތީވެސް ގަދަ ވިއްސާރައިގެ ދުވަސްވަރެވެ. އުތުރުގެ ސަރަހައްދުތަކަށްވެސް މި ވިއްސާރައިގެ އަސަރު ފޯރަފާނެ ކަމަށް، އޮފިޝަލުން ވަނީ އިންޒާރު ކުރައްވާފައެވެ. އިގުތިސޯދީ އާންމު ފަލްސަފާއަށް ބަލާއިރު، އެއްޗެއްގެ ޑިމާންޑަށްވުރެ ސަޕްލައި ދަށްވެއްޖެނަމަ ދެން ނުވެ ނުދާނެ ގޮތަކީ އެ އެއްޗެއްގެ އަގު އުފުލިގެން ދިއުމެވެ.