މިއަދު ރާއްޖޭގައި ކޮވިޑް-19އަށް 129 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި 26 ބަންގްލްދޭޝް މީހުންނާއި އިންޑިއާގެ 9 މީހެއްގެ އިތުރުން ނޭޕަލްއަށް ނިސްބަތްވާ މީހެކެވެ.

އެގޮތުން މިހާރު ހޮސްޕިޓަލުގައި 144 މީހަކަށް ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1481 މީހަކު އެބަ ތިބި ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި މިއަދު 37 މީހުން ވަނީ ބަލިން ރަނގަޅު ވެފައި ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 4898 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 128 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލެއިންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ އެކަކުއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 12 ރަށަކުން ފެނިފައި ވެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނެކެވެ. 79 އަހަރުގެ އަންހެނެކެވެ. އަދި 89 އަހަރުގެ ފިރިހެނަކާއި 80 އަހަރުގެ އަންހެނަކު ވެސް މީގެ ތެރޭގައި ހިމެނެއެވެ.