އދ. އޮމަދޫއިން މާލެ ގެނައި އުމުރުން ދުވަސްވީ އަންހެން މީހާގެ ދެވަނަ ޓެސްޓު ކޮވިޑް-19 އަށް ނެގެޓިވްވެއްޖެއެވެ.
'ދަ ޕްރެސް' އަށް އެކަން އޮމަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ފިކުރީ ވަނީ ކަށަވަރުކޮށްދީފައެވެ.
ފިކުރީ ވިދާޅުވީ އެމީހާގެ ފުރަތަމަ ޓެސްޓު ޕޮޒިޓިވްވި ނަމަވެސް ދެވަނަ ފަހަރަށް ކުރި ޓެސްޓުން އެމިހާ ބައްޔަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށެވެ.
އެކޭސް އާ ގުޅުގެން އެރަށު ހެލްތު ސެންޓަރުގެ ގިނަ ނަރުހުންނާއި ޑޮކްޓަރުން ހޯމް އައިސޮލޭޝަނަށް ލިއިރު އެމީހާގެ ޓެސްޓު ނެގަޓިވް ވުމާ ގުޅިގެން ނަރުހުންނާއި ޑޮކްޓަރުން މިހާރު މަސައްކަތަށް ނިކުމެފައިވާ ކަމަށް ވެސް ފިކުރީ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
އުމުރުން 64 އަހަރު އެމީހާ އަކީ އަބަދުވެސް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހެއް ކަމަށް ފިކުރީ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ވަރަށް ބޮޑަށް ނޭވާ ހިއްލުމުގެ ސަބަބުން އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ޑޮކްޓަރުންގެ ލަފާއާއެކު އެއަތޮޅު ހޮސްޕޮޓަލަށް ގެންގޮސްފައިވާ ކަމަށް ފިކުރީ ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެ ހޮސްޕިޓަލުން މާލެ ދިނުމަށް ލަފާކޮށްފައިވާތީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމީހާ މާލެ ގެނެސްފައިވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
އެގޮތުން މާލެ އައިސް އައިޖީއެމްއެޗުން ހެދި ފުރަތަމަ ޓެސްޓުން އެމީހާ ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ މީހާ އަކީ އެއް ވެސް ޓްރެވަލް ހިސްޓީއެއް އޮތް މީހެއް ނޫން ކަމަށް ފިކުރީ ވަނީ މީގެ ކުރިން ފާހަގަ ކުރައްވާފައެވެ.