ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ މިދަނޑިވަޅުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީއިން) މިއަދު ހަވީރު ބާއްވަން ހަމަޖައްސާފައިވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފިއެވެ.

އެޗްއީއޯސީއިން މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން އަންނަނީ ރޭގަނޑު 10:00 ގައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅިގެން ލުއި ދީފައި ވަނިކޮށް ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ މަތިވަމުންނެވެ. މި ހިނގާ ހަފްތާގެ ތެރޭގައި ކޮވިޑްގައި 4 މީހުން މަރުވެ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 924 އަށް އަރާފައެވެ.

އިތުރަށް ވިދާޅުވޭ...