ޅ. އޮޅުވެލިފުށި ކަރަންޓީނުގެ ހާލަތަށް ގެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން 'ދަ ޕްރެސް' އަށް އެކަން ކަށަވަރު ކޮށްދީފައި ވާއިރު އެރަށް ކަރަންޓީނަށް ލާފައިވަނީ އެރަށު މީހަކު ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މާލެ ފޮނުވާލުމުން ކުރި ޓެސްޓުން އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

އޮޅުވެލިފުށީގެ އިތުރުން އެކޭސް އާ ގުޅިގެން އުނގޫފާރު ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެމީހާ މާލެ ފޮނުވާލާފައި ވަނީ އިއްޔެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޔުއާރްއެޗްއިން އޭނާ މާލެ ފޮނުވާލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި ނަމަވެސް ނަތީޖާ ނެގަޓިވް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އިއްޔެ އައިޖީއެމްޗް އިން އެމީހާ ދެވަނަ ފަހަރަށް ޓެސްޓުކުރި އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އޮޅަވެލިފުށިން އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެއެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަނާކޮށްފައެެވެ.