މިއަހަރުގެ ދެވަނަ ކުއާޓާގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 152 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދިރާގުގެ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 152 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދިރާގަށް ދެވަނަ ކުއާޓާގައި މޮބައިލްގެ ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި 318 މިލިއަން ރިފިޔާ ލިބިފައިވާއިރު ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 451 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓާގައި ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިން 213 މިލިއަން ރުފިޔާ ލިބިފައިވާއިރު ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 260 މިލިއަން ރުފިޔާއެވެ.
ޖުމްލަ އާމްދަނީގެ ގޮތުގައި ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓާގައި އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 546 މިލިއަން ރުފިޔާއެވެ.
ކޮވިޑް-19 އާ ގުޅިގެން އެކުންފުނީގެ އާމްދަނީ އަށް ބޮޑު އަސަރުކޮށްފައިވާ ކަމަށް އެކުންފުނީގެ މާލީ ރިޕޯޓުން ދައްކައެވެ.
ޜައްޔިތުންގެ ލޭބޮއިގެން