ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓަށް އުފުލޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑު ބަޔަަކށް މިއަދު ވިއްސާރަ ކުރާނެ ކަމަށާއި އެ ގޮތުން ފަތިހު 4 އިން ހެނދުނު 10 އަކާ ދެމެދު ހއ. އަތޮޅުން ދ. އަތޮޅާ ދެމެދު އަދި ލ. އަތޮޅުން އައްޑޫ އަތޮޅާ ދެމެދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އެ ސަރަހައްދު ތަކުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި ރާޅުގެ އިސްމިން 2 ފޫޓާއި 5 ފޫޓަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ރޭ މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިފައިވާއިރު، މިހާރުވެސް މާލޭ ސރަަހއްދަށް ދަނީ އިރުއިރުކޮޅުން ވާރޭ ވެހެމުންނެވެ. އަދި މާލޭ ސަރަހައްދުގެ ކަނޑު ވަރަށް ގަދަ ކަން ފާހަގަކުރެވެއެވެ.

އާންމުކޮށް ކަނޑު ގަދަވެފައި ރާޅުގެ އިސްމިން ބޮޑުވާ އިރު މާލޭގެ އިންޑަސްޓްރިއަލް ޒޯނަށް އުދައަރައެވެ. އެ ގޮތުން މޮިއަދުވެސް ކޮންމެވެސް ވަރަކަށް އުދަ އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.