100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ލ. މާމެންދޫއަށް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ، މިއަދު 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް މާމެންދޫ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

"އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތާއި އެކު މާމެންދޫ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިޔަށް އޮތްތަނުގައިވެސް، ރާއްޖޭގެ މުޖުތަމައުތައް ކުރިއަރުވާ، ދިވެހިން އައު ފުރުސަތުތަކަށް ގުޅުވާލަ ދިނުމުގެ މަސައްކަތް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަން."
ނަޖީބް ހާން

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ، އުރީދޫން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަހިކޮށް އިތުރު ކުރިއެރުން ހޯދާދިނުން ކަމަށެވެ. އެގޮތުން އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތާ އެކު މާމެންދޫ ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަމީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނަޖީބް ހާން ވިދާޅުވިއެވެ.

ކުރިޔަށް އޮތްތަނުގައިވެސް، ރާއްޖޭގެ މުޖުތަމައުތައް ކުރިއަރުވާ، ދިވެހިން އައު ފުރުސަތުތަކަށް ގުޅުވާލަ ދިނުމުގެ މަސައްކަތް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި އެކަމުގެ ޔަގީންކަން އަރުވާކަމަށް ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫން ބުނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ހިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދާނެ ކަމަށެވެ.

މި ހިދުމަތް ހޯދުމަށް، ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، http://ore.do/getsupernet އަށް ޒިޔާރަތް ކުރުމުން ލިބިގެން ދާނެއެވެ.