މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭ ބޯޑަރުތައް ހުޅުވާލުމާ އެކު ރާއްޖެއަށް އަންނަ ހުރިހާ ޓުއަރިސްޓުންނަށް އޮން އެރައިވަލް ވިސާ ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާއިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ 27 މާޗު ގައެވެ. މި އަހަރު ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އެތެރެވެފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 382،760 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 646،092 މީހުންނާ އަޅާ ބަލާއިރު 40.8 ޕަސެންޓް ދަށްވުމެކެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޮޑަރު ހުޅުވާލާއިރު، އޮޕަރޭޝަން ހުއްޓާލާފައިވާ ރިސޯޓުތަކުގެ ތެރެއިން އަލުން އޮޕަރޭޝަން ފަށާނީ 30 ރިސޯޓެވެ. ޖުމްލަކޮށް 38 ރިސޯޓެއްގެ އޮޕަރޭޝަން ފާށާނެ ކަމަށް ޓުއަރިޒްމުން ބުނެފައި ވެއެވެ.

ޖޯން ކީލްސް ހޯލްޑިންގްއިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަނަ ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓް/ފޮޓޯ: ސިނަމަން ހޮޓެލްސް

ޖުލައިގައި ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓްތައް:

  • ކޮންސްޓެންސް ހަލަވެލި
  • ބަންޔަން ޓްރީ ވައްބިންފަރު
  • އަންގްސާނާ އިހުރު
  • އަންގްސާނާ ވެލަވަރު
  • ތާޖް އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ގްރޭންޑްޕާކް ކޮށްދިއްޕަރު މޯލްޑިވްސް
  • ވޮލްޑޯފް އޮސްޓްރިއާ
  • ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ފިހާޅޮހި އައިލެންޑް ރިސޯޓް
  • ނޮކު މޯލްޑިވްސް
  • ކޮކޫން މޯލްޑިވްސް
  • ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް
  • ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ
  • ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު
  • ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެޓް ވޯވައް
  • ތާޖް ކޮރަން ރީފް ރިސޯޓް އެންޑް ސްޕާ
  • ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް
  • ސައި ލެގޫން މޯލްޑިވްސް
  • ހާޑް ރޮކް ހޮޓެލް މޯލްޑިވްސް
  • ސޮނެވާ ފުށިސޮނެވާ ޖާނީ
  • ރަހާ ރިސޯޓް
  • ސިނަމަން ދޮންވެލި މޯލްޑިވްސް
  • އަމަޔާ ކުޑަ ރަށް
  • ޕެރެޑައިސް އައިލެޑް ރިސޯޓް އެންޑް ސްޕާ
  • ކުޑަފުށި ރިސޯޓް އެންޑް ސްޕާ
  • ސިކްސް ސެންސެސް ލާމު
  • އޮޅުވެލި ބީޗް އެންޑް ސްޕާ
  • އެލްޓީއައި މާފުށިވަރު މޯލްޑިވްސް (މި ރިސޯޓް ހުޅުވާނީ ޖުލައި 22ގައި)
ތާޖް އެގްޒޯޓިކާ ރިސޯޓް-

މި މުއްދަތުގައި ބަންދުނުކޮށް ހިންގި ރިސޯޓްތައް:

  • ލަކްސް ނޯތް މާލެ އަޓޯލް ރިސޯޓް އެންޑް ވިލާ
  • ސްވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް
  • އޮޒެން ބައި އެޓްމޮސްފެއާ އެޓް މާދޫ
  • އެޓްމޮސްފެއާ ކަނިފުށި
  • އޮބްލޫ ސެލެކްޓް އެޓް ސަންގެލި
  • ވަރު ބައި އެޓްމޮސްފެއާ
  • އޮބްލޫ ބައި އެޓްމޮސްފެއާ އެޓް ހެލެނގެލި

ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، ދުވާލެއްގެ މައްޗަށް އިންޓަނޭޝަނަލް 10 އެއާލައިން އަންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އެ 10 އެއާލައިންގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މީގެކުރިންވެސް ފަތުރުވެރިން އުފުލާފައިވާ އެއާލައިންތައް ހިމެނޭނެއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސްގެ ފްލައިޓެއް ވައިގެ ބަނދަރެއްގަ/ފޮޓޯ: އެމިރޭޓްސް ގުރޫޕު

އެގޮތުން އެމިރޭޓްސުން ދުވާލަކު އެއް ފްލައިޓާއި އިއްތިހާދުން ހަފްތާއަކު ދެ ފްލައިޓު ބޭއްވުމަށް ނިންމާފައި ވެއެވެ. މީގެއިތުރުން ހިންކޮންގް އިން ވެސް ހަފްތާއަކު ދެ ފްލައިޓު ބާއްވަން ހުށަހަލާފައިވެއެވެ. އިންޑިގޯ އިން ދުވާލަކު ދެ ފްލައިޓު އަދި އެސްކިޔުއިން ދުވާލަކު އެއް ފްލައިޓު އަދި ސިލްކު އެއާލައިން އިން ދުވާލަކު ދެ ފްލައިޓު ބޭއްވުމަށް ހުށަހަޅާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައި ވެއެވެ. މީގެ އިތުރުން ޓާކިޝް އިން ހަފްތާއަކު ފަސް ދުވަހު، ދެ ފްލައިޓު ބޭއްވުމަށް ވެސް ވނަީ ހުށަހަލާފައި ކަމށް އެމްއޭސީއެލުން ބުނެއެވެ.