ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، އެ ބައްޔާ، އެއާ ގުޅިގެން ކުރިމަތިލާންޖެހުނު އެކި ކަހަލަ ސިއްހީ މައްސަލަތަކުގައި ބަލި އެނދުގައި ދުވަސްތަކެއް ގުނަމުންދިޔަ އެމެރިކާގެ މަޝްހޫރު ބްރޯޑްވޭ ތަރި ނިކް ކޯޑޭރޯ މަރުވެއްޖެއެވެ.

އުމުރުން 41 އަހަރުގައި މިދުނިޔެއާއި ކޯޑޭރޯ ވަކިވެގެން ދިޔައީވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ މަރުވިކަން ހާމަ ކުރީ، ކޯޑޭރޯގެ ހަޔާތުގެ ބައިވެރިޔާ އެމާންޑާ ކްލޫޓްސްއެވެ. ނަމަވެސް،

ކޮވިޑް-19 ޖެހި، ހާލު ސީރިއަސް ވުމުން ކޯޑޭރޯ ވަނީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ދުވަސްތަކެއް ވަންދެން ބާއްވާފައެވެ. އަދި އޭނާގެ ކަނާތު ފައިވެސް ބުރިކޮށްލި ކަމަށް ޚަބަރު ލިބެއެވެ. ޓޯނީ އެވޯޑް ހާސިލުކޮށްފައިވާ ކޯޑޭރޯގެ އަނބިމީހާ އެމޭންޑާ ކްލޫޓްސް ބުނި ގޮތުގައި އޭނާގެ ފިރިމީހާގެ ކަނާތު ފައި ބުރިކޮށްލަންޖެހުނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ތަކުލީފުތަކެއްގައެވެ.

ވެންޓިލޭޓަރުގެ އެހީގައިވެސް ކޯޑޭރޯއަށް ފަރުވާ ދީފައިވާއިރު، ޑައެލަސިސްވެސް ހަދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކޯޑޭރޯ މަރުވި ސަބަބު ކަނޑައެޅިގެން ބަޔާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް-19އަށް ޕޮޒިޓިވްވި ފަހުން، ހޮސްޕިޓަލުގައި ކޯޑޭރޯ އޮންނަތާ ވަނީ 3 މަހެއްހާ ދުވަސް ފާއިތުވެފައެވެ. ކޯޑޭރޯ މަރުވިއިރު 1 އަހަރުގެ ދަރިއަކުވެސް މި ދުނިޔޭގައި އެބަހުއްޓެވެ.