އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީއާ ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 3-0 އަކުން ލެސްޓާ ކާމިޔާބުކޮށް ތާވާލުގެ ތިން ވަނަ ކަށަވަރުކުރުމަށް މުހިއްމު މޮޅެއް ހޯދައިފިއެވެ.
މި މެޗުގައި ލެސްޓާގެ ކުރިއަށް ކުޅޭ އިނގިރޭސި ފޯވަޑް ޖޭމްސް ވާޑީ ދެލަނޑު ކާމިޔާބުކުރި އިރު މިއީ ޕްރިިމިއާ ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު މިވަނީ 100 އަށް ވުރެ މައްޗަށް ގޮސްފައެވެ. ރޭގެ މެޗުގައި ޖެހި ދެ ލަނޑު ވެސް ވާޑީ ކާމިޔާބުކުރީ ދެވަނަ ހާފްގައެވެ. އެއީ މެޗުގެ 49 ވަނަ މިނެޓްގައި ލެސްޓާގެ ކެލީޗީ އިލިއާންޗޯ އެޓީމަށް ލީޑު ނަގާ ދީފައި ވަނިކޮށެވެ.
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ވާޑީ ފަދަ ކުޅުންތެރިއަކާ އެއްކޮށް މަސައްކަތް ކުރުމަކީ ލިބޭ ފަޙުރެއް ކަމަށާ ލީގުގައި 100 ގޯލް ޖެހުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިއީ މިދިޔަ މަހު ސީޒަން އަލުން ފެށި ފަހުން ލެސްޓާ މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުން ދެ މެޗުން އެއް ވަރުވެ އެއް މެޗުން ބަލިވުމާއެކު ތާވާލުގެ ތިން ވަނަ އެޓީމަށް ގެއްލޭނެ ކަމަށް ބެލެވުނު ނަމަވެސް ރޭގެ މޮޅާއެކު ލެސްޓާ މިވަނީ ގަދަ ހަތަރެއްގައި އޮވެގެން ސީޒަން ނިންމާލުމުގެ އުއްމީދު އާކޮށްފައެވެ.
ރޭގެ މެޗުން ދަށްވެ ކްރިސްޓަލް ޕެލެސް މިވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފައެވެ. އެޓީމު މިހާރު އޮތީ 42 ޕޮއިންޓާއެކު 13 ވަނައިގައެވެ.