ވެބިނާ މެދުވެރިކޮށް ވިޔަފާރިވެރިންނަށް ހާއްސަ ޝެޝަންތަކެއް ބާއްވަން ނިންމާފައި ވާއިރު އަންނަ ބުދަ ދުވަހު ހެނދުނު 11:00 ގައި ސެޝަނެއް ބާއްވަން ނިންމާފައިވާ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.

އުރީދޫން ބުނީ އަންނަ ބުދަ ދުވަހު ހެނދުނު 11:00 ގައި ވާވޭއާ ގުޅިގެން ވެބިނާ މެދުވެރިކޮށް ވިޔަފާރިވެރިންނަށް ހާއްސަ ޝެޝަންއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ ބުދަ ދުވަހު ބާއްވާ ސެޝަންގައި ވާހަކަ ދައްކަވާނީ ވާވޭގެ ސޮލިއުޝަން އާކިޓެކްޓެއް ކަމަށްވާ ޕިއައި ޕިއޫ ހެން ލޫކް ކަމަށް އުރީދޫން ބުނެއެވެ. މި ސެޝަންގައި ކްލައުޑް ކޮމްޕިއުޓިންގް އާ ގުޅޭ ގޮތުން ވާހަކަ ދައްކާ އިރު އެކަމާ ގުޅޭ ގޮތުން ވަރަށް ބޭނުންތެރި އަގު ހުރި މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

އަދި މި ސެޝަންގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓާ ވާން ޖެހޭ އިރު އެއްވެސް ފީއެއް ދައްކަން ނުޖެހޭ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، ވާވޭ އާ ގުޅިގެން ވެބިނާ މެދުވެރިކޮށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ނިއު ނޯމަލްގައި ޓެކްނޮލޮޖީއާއެކު މަސައްކަތް ކުރުމަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އުރީދޫގެ އެމްޑީ އަދި ސީއީއޯ ނަޖީބް ހާން، އެ ރަސްމިއްޔާތު ފައްޓަވައި ދެއްވުމަށް ޓެކްނޮލޮޖީ ބޭނުން ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ހަމަޖެހިފައިވާ ކަމަށްވެސް އުރީދޫން ބުނެއެވެ.

ކޮވިޑް-19 އިން އަރައިގަނެ ނިއުނޯމަލް އަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރާ މިވަގުތުގައި ވިޔަފާރިތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް އުރީދޫން ބުނެއެވެ. މި ދަނޑިވަޅުގައި ވިޔަފާރިތައް ހިންގާ ފަރާތްތައް ވިސްނަން ވާނީ ހަމައެކަނި ކުރިމަތި ލާން ޖެހުނު މި ބަދަލުތަކަށް އެކަނި ނޫން ކަމަށް އުރީދޫން ބުނެއެވެ. ކުރިމަތިވި ގޮންޖެހުންތަކާއެކު ހާލަތު ބަދަލުވެ އެ ބަދަލުތަކާއެކު ކުރިއަށް ދާން ދަސްކުރަން ޖެހޭނެ ކަމަށް އުރީދޫން ބުނެއެވެ.