ޖިންސީ ގޯނާގެ މައްސަލަތައް އަންނަ ޕެޓާން ދެނެގަނެވިއްޖެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީ، އައިޖީއެމްއެޗް އަދި ޕީޖީ އޮފީސްވގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސްފައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތައް އަންނަ ޕެޓާން ދެނެގަނޭވެ ފަދަ ދިރާސާތައް މިހާރު ކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަތައް އަންނަ އަތޮޅުތަކާއި ހިސާބުތައް ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، ހެދިފައިވާ ދިރާސަތަކުގެ އަލީގައި މައްސަލަތައް ފެންމަތިވަނީ ކޮން ސަރަހައްދުތަކަކުން ކަން ދެނެގަނެވެމުންދާއިރު، މިހެން ކުރިއަށް އޮތްތާ ވެސް ކުރިއާސްދާނަމަ މައްސަލަތައް ހައްލު ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެންމެ ގިނަ މައްސަލަ ޕީޖީއާ ހަމައަށް އައިސްފައި ވަނީ ވޭތުވެދިޔަ 3 އަހަރާ އަޅާބަލާއިރު މި އަހަރު މާޗްމަހު ކަމަށެވެ. އަދި އެއީ 31 މައްސލަަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރު ޖުމްލަ 122 މައްސަލައެއް ދައުވާ ކުރާ ހިސާބަށް ދިޔައިރު، އެ މައްސަލަތައް ދައުވާ ކުރުމަށް ފޮނުވީ، ހާދިސާ ހިނގިތާ އެވްރެޖް 71 ދުވަހުން ކަމަށެވެ.

ޝަމީމް ވިދާޅުވީ، މިއަހަރު މޮހާތަނަށް 106 މައްސަލަ ދައުވާ ކުރާ ހިސާބަށް ގޮސްފައިވާއިރު، ހާދިސާ ހިނގާ ދުވަހުން ފެށިގެން 39.5 ދުވަސްތެރޭގައި ދައުވާ އެބަ ކުރެވޭ ކަމަށެވެ. އަދި މިދިޔަ އަހަރާ ބަލާއިރު، ގިނަ މަސައްކަތް ކޮށް، ކަންކަން ރަނގަޅުވެސް އެބަ ވާ ކަމަށެވެ. ނަމަވެސް ރަނގަޅުކުރަންޖެހޭ ބައި އަދިވެސް ވަރަށް ބޮޑު ކަމަށާއި، މިބާވަތުގެ އެންމެ މައްސަލައަކީވެސް މާ ގިނަ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު، އެފަދަ މައްސަލަތަކާ މެދު އަޑު އުފުލާ ނަމަ ގިނަ ވެގެންދާ ކަމަށެވެ.