އާންމު ދިރިއުޅުމުގައި ގިނައިން މީހުން އިށީނދެގެން ތިބޭ ވަގުތު ގިނަވާނެއެވެ. އެގޮތުން އެންމެ ގިނައިން ބޭނުންކުރާ އެއް ފަރުނީޗަރަށް ވެފައިވަނީ ގޮނޑިއެވެ. މިހާރު އެސްޓްރަބޮން އިން ދަނީ ގިނަ ތަންތަނުގައި ބޭނުން ކުރެވޭ ފަދަ ޑިޒައިނަކަށް ފަރުމާކޮށްފައި ހުރި ގޮނޑިއެއް ވިއްކަމުންނެވެ.

އެސްޓްރަބޮންއިން ބުނީ މިހާރު ގިނަ ބަޔަކު އެ ގޮނޑި ގަންނަ ކަމަށާއި ގޮނޑީގެ އަގަކީ އެންމެ 300 ރުފިޔާ ކަމަށެވެ. މިހާރު ގިނަ ބަޔަކު އެ ގޮނޑި ގަންނަމުން ދާ މައިގަނޑު ސަބަބަކީ އެ ގޮނޑި ފަރުމާކޮށްފައިވާ ގޮތުން ތަފާތު މާހައުލުތަކުގައި ވެސް ބޭނުން ކުރެވޭނެ ގޮތަކަށް ފަރުމާ ކޮށްފައި ހުންނާތީ ކަމަށް އެސްޓްރަބޮން އިން ބުނެއެވެ.

https://www.facebook.com/astrabon/posts/4538118506205658

އެގޮތުން މި ގޮނޑިއަކީ ހޮޓާ ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނާއި ގެސްޓްހައުސް ތަކުގައާއި ބަދިގޭގައި އަދި ޑައިނިންގް ޓޭބަލް ކައިރީގަ އާއި ބެލްކަނީގެ އިތުރުން ކޮލެޖް ސްކޫލް އޮފީސް އަދި މީޓިންގް ރޫމްތަކުގައި ބޭނުން ކޮށްލެވޭނެ ގޮނޑިއެކެވެ. އޯޑަރުކޮށްގެން މި ގޮނޑި ގަނެވޭނެ ކަމަށާއި ހިލޭ ޑެލިވަރީގެ ހިދުމަތް ދޭ ކަމަށް ވެސް އެސްޓްރަބޮން އިން ބުނެއެވެ.

މި ގޮނޑި އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނީ 7971570 މި ނަަންބަރަށް ކަމަށް އެސްޓްރަބޮން އިން ބުނެއެވެ.

އެސްޓްރްބޮން އަކީ ތަފަތު ބަދިގެ ސާމާނުތައްވެސް ލިބެން ހުންނަ ފިހާރައެކެވެ. ތަފާތު ފީޗާތައް އެކުލެވޭ ޒަމާނާ އެއްގޮތަށް ފަރުމާ ކޮށްފައި ހުންނަ އެތައް ބާވަތްތަކެއްގެ މުދާތަ އެ ފިހާރައިން ވިއްކައެވެ. އެގޮތުން ރާއްޖޭގައި ހެޕީކޯލްގެ "އޮރިޖިނަލް" ހޯދަން ބޭނުން ނަމަ ދާން ޖެހޭނީ އެސްޓަރަބޮން އަށެވެ.