އައްޑޫ ސިޓީގައި އުޅޭ ބިދޭސިން، އެ މީހަކު އުޅޭ އަވަށެއްގެ އަވަށު އޮފީހުގައި ރެޖިސްޓްރީ ވާން އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫނުގެ 39 ވަނަ މާއްދާގެ (ޓ) އާއި (ޔ) އާއި އެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ 26 ވަނަ ނަންބަރުގެ މައްޗަށް ރިއާޔަތްކޮށް އައްޑޫއަށް ބިދޭސީން ގެނައުމުގެ ކުރިން ދަފްތަރު ކުރުމަށާއި މިހާރު އެ ސިޓީގައި އުޅޭ ބިދޭސީން ދަފްދަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކައުންސިލުން ބުނީ މި ނިންމުން ނިންމާފައި ވަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެ ކައުންސިލުން ބުނީ އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެބިދޭސީއަކު އައްޑޫ އަށް ގެންނަ ފަރާތަކުން އެ އަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީކުރަންވާނެ ކަމަށެވެ. އަދި އައްޑޫއިން ބިދޭސީއަކު ފޮނުވާލުމުގެ ކުރިން ނުވަތަ އެބިދޭސީއަކު ދިއުމުގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން ހުށަހަޅަންވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
މިހާރު އައްޑޫގައި އުޅޭ ބިދޭސީން ވެސް ފޯމު މެދުވެރުކޮށް އެއަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އެ ކައުންސިލުން ބުނީ ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީންގެ ތެރެއިން ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެއެއްގައި ބޭތިއްބުމަކީ މަނާކަމެއް ކަމަށެވެ. ކެވެ. އަދި، ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވެ އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އެ ކައުންސިލުގެ އިއުލާނުގައި ބުނީ، ބިދޭސީން ރަޖިސްޓާ ކުރުމަށާއި ޑީރެޖިސްޓާ ކުރުމަށް އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅާނަމަ އެ ފުރުސަތުވެސް އޮންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް 60،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ އިރު ރާއްޖެގައި އުޅޭ ބިދޭސީންގެ ޖުމްލަ އަދަދު 120،000 އަށް އަރައެވެ.
ގައިވައިދާ ހިލާފަށް އުޅޭ މީހުންނަކީ ގާނޫނާ ހިލާފަށް އުޅޭ ބައެއް. އަދި ރަޖިސްޓަރީ ކޮށްލިޔަކަށް އެމީހުންގެ އެކުށުން އެމީހުން ބަރީއައެއް ނުވޭ. އެހެންނޫނީ މީހުން މަރާމީހާވެސް ސޮރީއޭ ބުނީމަ ޖަލުން ސަލާމަތްވާނެ ޖެހޭނެ.