ރާއްޖޭގައި ސިޔާސީ ލީޑަރުންގެ ގޮތުގައި އުޅުއްވާ އެންމެން ކަހަލަ ގޮތަކަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ނަން އެބައޮތް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހިޔާނާތުގެ ލިސްޓުގައި 260 އެއްހާ މީހުން އެބަ ތިބި ކަމަށެވެ. ނަމަވެސް އެ ހުރިހާ ފަރާތްތަކަކީ ޕީޖީން ދައުވާކުރާނެ މީހުންނެއް ނޫން ކަމަށާއި އޭގެތެރޭގައި ރަނގަޅު މުއާމަލާތްތަކެއް ކޮށްފައިވާ މީހުންވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެމީހުންނަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ޕީޖީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ތެރެއިން ހުރިހާ ދިމާލެއްގެ [ހުރިހާ ޕާޓީއެއް] ބޭފުޅުންވެސް މިކަމުގައި ޝާމިލުވެ ހިޔާނާތުގެ ލިސްޓަށް ނަން އަރާފައިވާ ކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޒިންމާއަކީ އެ ލިސްޓުގައި ތިބި ބޭފުޅުން އެމްއެމްޕީއާރްސީ އާ އެކުގައި ހިންގާފައިވާ މުއާމަލާތަކީ ސައްހަ ނުވަތަ ގޯސް މުއާމަލާތެއްތޯ ބެލުމަށް ފަހު އެ ލިސްޓު ސާފު ކުރުން ކަމަށެވެ.
ރޭގެ ޕްރޮގްރާމުގައި ޝަމީމް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މިހާރުގެ ބަހުން ދަންނަވާނަމަ މި މައްސަލާގައި އިތުރު "ކްލަސްޓާއެއް" ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން އެއްބަޔަކީ ލޯ އެންފޯސްމަންޓުގެ ބޭފުޅުން ކަމަށާއި އޭގެތެރޭގައި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންވެސް ހިމެނޭ ކަމަށެވެ. އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އެ މައްސަލަތަކުގެ ތަހުގީގުވެސް ވީހާވެސް އަވަހަށް ނިންމާލެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.
43 މިލިއަން ލިބުނު މަންމަނު ވަގުގެ ނަން އުނިކޮށްފިންތަ؟
ކަލޭ ތީ އޭގެ އެކަތި.
ޢެމްޑީޕީއަށް ނިސްބަތްވާ އެންމެން ހިންގާފަ ވާނީ ސައްހަ މުއާމަލާތު އެހެންޕާޓީ ތަކުގެ މީހުންތައް ހިމެނޭނީ ކަރޮޕްޝަން ހިންގި މީހުންގެ ގޮތުގަ ޝަރުޢީ ދާއިރާއާ ހިންގުމުގެ ދާއިރާއާ ހުރިހާ އެއްޗެއް ވަނީ މަސްހުނި ގަނޑެއްހެން މޮޑެފަ ވަރަށްގަދައަށް ރީދޫލައިގެން ދެން ދައްކާނެ ވާހައެއް ނޯންނާނެ މައްސަލަ ނިމޭނެގޮތް މިހާރުވެސް ފެނޭ