އެމްއެމްޕީއާރްސީ އާ ގުޅިގެން ތަފާތު އެކި ބޭފުޅުން އެކި ކަންކަމުގައި މުއާމަލާތް ކުރައްވާފައިވާ ކަމަށާއި އޭގެތެރޭގައި ހެޔޮ ނިޔަތުގައި މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ދައުވާ ނުކުރައްވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި 260 އެއްހާ މީހުންގެ ނަން ލިސްޓެއް އޮތް ކަމަށް މީޑިއާތަކުގައިވެސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ހާލެއްގައި އެ ހުރިހާ ފަރާތްތައް ޖަލަށްލާ ވާހަކަ ނުދައްކަވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ ކިތަންމެ ދުވަހެއްވި ކަމަށްވީ ނަމަވެސް އެމްއެމްޕީއާރްސީ މައްސަލާގައި ނުބައި ނިޔަތެއް އޮވެގެން މުއާމަލާތް ކޮށްފައިވާ އެއްވެސް މީހަކު ދޫ ނުކުރައްވާނެ ކަމަށެވެ.
"މިކަމަށް އަޅުގަނޑުމެންނަށް ކިތަންމެ އަހަރެއް ނެގިއަސް މި އަޅުގަނޑުމެންނަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ކޮޅެއްގައި ޖެހެންދެން މިކަން ކުރިޔަށް ދާނެ،" ޝަމީމް ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމުގައި ޝަމީމް ވަނީ އެމްއެމްޕީއާރްސީ މައްސަލަ ރާވާ ހިންގުމުގައި އެންމެ އިސްކޮށް އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ވިދާޅުވެފައެވެ.
ތިއޮތީ މައްސަލަ ނިމިފައި އެންމެ މީހެއް ނުބައި ނިޔަތުގައި ހުރީ، އެއީ ޔަމީން ކިޔާ މީހެއް، ދެންތިބީ ހެޔޮ ނިޔަތުގެ މީހުން، މަހުލޫފުވެސް ހެޔޮނިޔަތުގައި ޑޮލަރަށް ލާރިދެއްކި ސްލިޕްވެސް އޮތް ކުރިން ނުދެވިއޮތީ ހަނދާންނެތިގެން ކުންފުނީގެ މީހުން ލަންޑަނުގައި ތިއްބާ ރަސީދުވެސް ލިބިއްޖެ. ރަނގަޅެއްނޫން. ޑޮލަރު ގަންނަން ދިވެހި ފައިސާ ހޯދީ ގޭގެ ވަތްގަނޑުންކަމަށްވާނީ، އެފައިސާވެސް ކުންފުނީގެ ބޯއީގެ ދަބަހުގަ ހުރިކަމަށް ވާނީ.
ސީދާ ސަދޫމް.ބަހުރުވަ
ސަދޫމުގެ ބޮޑުފަނޑިޔާރު.
ހަހަަހަ ދަޢުވާކުރަން ޢުމުރުދުވަހު ހުރެވޭނެ ކަމަށްތޯ ހީކުރަނީ ހެޔޮ ނޮޔަތަކީ ތިމާ ބޭނުންވާބަޔަކަށް ދަޢުވާކޮށްފައި ބޭނުންނުވާ މީހުންނަށް ދަޢުވާނުކުރުން. ޙަސަދަ ފިލުވުބް