ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސާލުގެ މޮޅިވެރިކަމުގައި ދުނިޔެ ހުއްޓުމެއްގައި އޮންނަތާ 6 ވަރަކަށް މަސްދުވަހަށްފަހު އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް މަޑުމަޑުން ރުޖޫއަވާން ފަށާފައިވާއިރު އޮފީސްތަކުގެ މާހައުލުންވެސް ހިސާބެއްގެ ހެލިފެލިވުމެއް ވަނީ ފެންނަން ފަށާފައެވެ. އާ އާންމު ހާލަތު ނުވަތަ 'ނިއު ނޯމަލް'ގެ އުސޫލުތަކާ އެއްގޮތަށް އޮފީސްތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، މުވައްޒަފުންގެ ކޮންޓެކްޓް ޓްރޭސް ކުރުން، ނުވަތަ އެކީ އެއްތާވީ މީހުން ދެނެގަންނާނެ ގޮތްތައް ހޯދުމަށް، ވަޒީފާ ދޭ ފަރާތްތަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނިއު ނޯމަލްގެ ދަށުން އޮފީސްތައް ހުޅުވާއިރު ހާއްސަ ޗެކްއިން އޮތުން ގާތެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އޮފީހަށް ވަނުމުގެ ކުރިން ހަށިގަނޑު ފިނިހޫނުމިން ޗެކް ކުރުމާ، ފާއިތުވީ 24 ގަޑިއިރު ތެރޭގައި ކަން ހިނގި ގޮތުގެ ކުރު ޚުލާސާއެއް ދޭންޖެހުމަކީވެސް އެކަށީގެންވާ ކަމަކެވެ. ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިތޯ ބަލާނެއެވެ. އެކީ އެއްތާވީ މީހުންގެ ވަނަވަރުވެސް އޮޅުން ފިލުވުމަކީ ކުރުން ގާތް ކަމެކެވެ. މިއިން ކޮންމެ ސުވާލަކަށް ދެވޭ ޖަވާބެއްގެ ގޮތުން ފަހަރުގައި އައިސޮލޭޝަން ފެސިލިޓީއަކަށްވެސް ދާންޖެހިދާނެކަން ގަބޫލުކުރަންޖެހެއެވެ.

ކޮވިޑް-19 ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މިހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ ކޮންޓެކްޓް ޓްރޭސް ކުރުން ކަން ހަނދާން ނައްތާލެވޭ ކަށް ނެތެވެ. އޮފީހަކަށް ހާޒިރުވާނީ އެކި ދިމާލުން އަންނަ އެކި މުވައްޒަފުން ކަމަށްވެފައި، އެންމެ މީހެއްގެ ފަރާތުންވެސް އިތުރު އެތައް އާއިލާއަކަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުވީމައެވެ. ނަމަވެސް މިއީ ކުރަން މާ ފަސޭހަ ކަމަކަށްވެސް ނުވާނެއެވެ.

ގައުމީ ފެންވަރުގައި ބޭނުންކުރާ އެޕްލިކޭޝަންއަކުން ފުއްދާނުލެވުންވެސް އެކަށީގެންވެއެވެ. ވަކިވަކި އޮފީސްތަކަށް ހާއްސަކޮށްގެން ޓްރޭސް އެޕްލިކޭޝަންތައް ހަދަންޖެހޭ ހިސާބަށްވެސް ކަންތައްތައް ހިނގައިދާނެއެވެ.ފަންނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީވެސް އިންގިލާބީ މަރުހަލާއެކެވެ. އެގޮތުން އޮފީސް ކާޑުތަކުގައި ޓްރެކިންގް އެޕް ހަރުކުރުން ނުވަތަ ލެޕްޓޮޕްތައް ޓްރޭސް ކުރުން ފަދަ ކަންކަން ކުރަންޖެހިދާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މިފަދަ ގޮތްގޮތުން ޓްރޭސް ކުރަން އުޅުމަކީ ސިއްރިއްޔާތު ހިފެހެއްޓުމަށް އޮތް ހައްގަށް އުނިކަން ލިބިދާނެ ކަމެއް ކަމުގައި ހީވާނަމަ ބެލްޓް ނުވަތަ އަތުކުރީ ގަޑިފަދަ ޑިވައިސްއެއްގެ އެހީގައި ޓްރޭސް ކުރުމުގެ ފުރުސަތު ދޭންޖެހިދާނެއެވެ. މިވަރުންވެސް ސިއްރު ހިފެހެއްޓުމުގެ ހައްގަށް އުނިކަން ލިބިދާނެކަމުގެ ބިރު އެބައޮތެވެ. ބައެއް މީހުންނަކީ ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކެވެ. ނުވަތަ އެނޫންވެސް ސިއްހީ އެކިއެކި މައްސަލަތައް ހުންނަ މީހުންނެވެ. މިފަދަ ހުރިހާ މައުލޫމާތެއް ހާމަކުރަންވެއްޖެނަމަ މައްސަލަތަކަކާ ކުރިމަތިވެ، ފުރައްސާރައާއިވެސް ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތެވެ.

ކޮވިޑް-19 ޓާސްކްފޯސްގެ މަސައްކަތް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއީއޯސީ ތެރާގައި ކުރިއަށް ދަނީ / ފޮޓޯ: މުހައްމަދު ޝަރުހާން | ރައީސް އޮފީސް

މިކަމުގައި އޮތީ ދެ ފަރާތްތަ ވީހާވެސް ހަމަހަމަކޮށް ގެންދިއުމެވެ. ކޮންޓެކްޓް ޓްރޭސް ނުކޮށް ވާން ނެތް އިރު، ޓްރޭސް ކުރުމަކީ ސައުވީސް ގަޑިއިރު ސާވޭލަންސް މޮނިޓަރަކަށް އަރާ ހުރުމަށް މުވައްޒަފަށް މަޖުބޫރު ކުރުވާ ކަމަކަށްވެސް ވެގެން ނުވާނެތާއެވެ. ކޮންޓެކްޓް ޓްރޭސް ކުރުމުގެ ތެރެއިން އެއްކުރާ މައުލޫމާތަކީ އެއްވެސް ހާލެއްގައި މުވައްޒަފުގެ ކަރާމާތާ އަބުރަށް އުނިކަން ލިބޭ ފަދަ ކަމަކަށް ވެގެން ނުވާނެއެވެ. އަދި އޭނާއާއި މެދު ތަފާތު ކުރުންތަކެއް ގެންގުޅެންވީ ސަބަބަކަށްވެސް ވެގެން ނުވާނެއެވެ.