ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުން ދިފާއުވުމަށް ހަށިގަނޑުން އެންޓިބޮޑީޒް އުފައްދާފައިވޭތޯ ބެލުމަށް ގޭގައި އަމިއްލައަށް ޓެސްޓު ކުރެވޭ ކިޓްތަކެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމެރިކާގެ މައި ސަރުކާރުން ހާމަކޮށްފިއެވެ.
ފުޅާ އަދި ހަލުވި ދުވެއްޔެއްގައި އެންޓިބޮޑީ ޓެސްޓު ހެދުމަށް އޯރަޝޫއާ ކިއާ ކުންފުންޏަކަށް 629000 ޑޮލަރުގެ އެހީ ދީފައިވާނެކަމަށް އެމެރިކާގެ ސަރުކާރުން ބުނެއެވެ. އެންޓޮބޮޑީ ޓެސްޓަކީ ފާއިތުވެދިޔަ ތަނުގައި އެމީހަކަށް ވައިރަހުގެ އަސަރު ކޮށްފައި ވާކަން އަންގައިދޭ ޓެސްޓަކަށްވާއިރު، މިއީ ބަލިމަޑުކަން ފެތުރިފައިވާ ހަގީގީ ތަސައްވުރެގެ ކޮންމެވެސް މަންޒަރެއް ސާބިތުކޮށްދެނިވި ކަމަކަށް ވެގެންދާނެއެވެ.
ފާއިތުވީ ތަނުގައި ކޮވިޑް-19ޖެހި، ހަށިގަނޑުން އެންޓިބޯޑީޒް އުފައްދާފައި ހުރުމަކީ ކުރިއަށް އޮތް ތަނުގައި އެމީހަކަށް ދެވަނަ ފަހަރަށް ބަލި ނުޖެހި ސަލާމަތްކޮށްދޭނެ ކަމެއްކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އެމެރިކާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުޅުގެ ޒަރިއްޔާއިން ކޮވިޑް-19ގެ އެންޓިބޯޑީޒް ދެނެގަތުމުގެ ޓެސްޓެއް އަދި މިހާތަނަށް ތަރައްގީ ކޮށްފައި ނުވާކަމަށެވެ. ނަމަވެސް އޯރަޝޫއާ ތަރައްގީ ކުރަމުންދަނީ މިފަދަ ޓެސްޓުކިޓްތަކެއް ކަން ފާހަގަކުރަންޖެހެއެވެ. ކޮވިޑް-19ގެ އެންޓިބޮޑީޒް ހުރިތޯ ބެލުމަށް މިހާތަނަށް ހަދަމުންދިޔަ ސެރޯލޮޖީ ނުވަތަ ލޭގެ ޓެސްޓުތަކެކެވެ.
އޯރަޝުއާއިން މީގެ ކުރިންވަނީ ގޭގައި ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެ ކިޓްތަކެއްވެސް ތަރައްގީ ކޮށްފައެވެ. ގޭގައި އަމިއްލައަށް ސާމްޕަލް ނެގުމަށްފަހު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވައިގެން ބައްޔަށް ޓެސްޓު ކުރުމަކީ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރަންޖެހިފައިވާ އަދުގެ ދުނިޔޭގައި މިކަމަށް އޮތް ބިނާކުރަނިވި ހައްލެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.