ދާދިފަހުން ނެޓްފްލިކްސްއިން ގެނެސްދިން ޑޮކިއުމަންޓްރީގެ ތަރި 'ޓައިގާ ކިންގް' (ޖޯ އެގްޒޮޓިކް)ގެ ޒޫ، އެމީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅިފައިވާ ކެރޯލް ބޭސްކިންއަށް ދިނުމަށް ނިންމައިފިއެވެ.

އޮކްލަހޯމާގައި ޖޯ އެގްޒޮޓިކް ގެންގުޅުނު ޒުލުގެ ކޮންޓްރޯލް ކެރޯލްއަށް ދިނުމަށް ފަނޑިޔާރު ހުކުމް ކުރީ، 1 މިލިއަން ޑޮލަރުގެ ޓްރޭޑްމާކްގެ މިލްކުވެރިކަމުގެ މައްސަލާގައެވެ.

މި ދައުވާއަކީ ކެރޯލްގެ 'ބިގް ކެޓް ރެސްކިއު ކޮމްޕެނީ'ގެ ލޯގޯއާއި ދާދި އެއް ގޮތް ލޯގޯތަކެއް ޖޯ އެގްޒެކޮޓިކް ނުވަތަ، ޖޯސެފް މަލްޑޮނާޑޯ-ޕެސޭޖް ބޭނުންކުރާތީ، 2011 ވަނަ އަހަރު ކުރި ދައުވާއެކެވެ.

ފަނޑިޔާރު ވަނީ މި ޒޫ ބަލަހައްޓަމުންދާ ފަރާތުން އެންމެ ލަސްވެގެން 120 ދުވަހުގެ ތެރޭގައި އެތަން ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ.

ގަސްތުގައި މީހަކު މަރާލަން މަސައްކަތް ކުރުމާ، ޖަނަވާރުތަކަށް އަނިޔާވެރިވިކަމުގެ ކުށުގައި މިވަގުތު ޖޯ އެގްޒޮޓިކް ދަނީ 22 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މާޗް މަހު ނެޓްފްލިކްސްއަށް ދޫކޮށްލި 'ޓައިގާ ކިންގް' ޑޮކިއުމަންޓްރީއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދި ޝޯއެކެވެ.