ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އައިސް، މިހާރު ރާއްޖޭގައިވެސް ބާރު މިނެއްގައި ފެތުރެމުން ދާތީ ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ ގިނަ މަސައްކަތުގެ ތެރެއިން ނިއު ނޯލަމްގައި ޓެކްސީ އެމްބިއުލާންސްގައި ޑްރައިވަރުންގެ ސީޓު ވަކިކުރަން ޕާޓިޝަން ޖަހަން ޖެހޭނެކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ ރޭގައެވެ.
ނަމަވެސް މާލެއިން ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނި މިދިޔަ މަހުގެ 15 ވަނަ ދުވަހު ކުރި ލޮކްޑައުނާ ގުޅިގެން އެޗްޕީއޭން ރޭ އެ ގަވައިދު އާންމު ކުރި އިރުވެސް ކާރުގައި ޕާޓިޝަން ޖަހައިގެން ދުއްވާ، ގދ ތިނަދޫ / ފޭރުމާގެ، މުހައްމަދު ހަސަން ދީދީ، 52 ގެ ވާހަކަ ވަރަށް ތަފާތެވެ.
ޓެކްސީ ދުއްވުމުގައި 23 އަހަރު ހޭދަކޮށްފައިވާ ހަސަން ދީދީ "ދަ ޕްރެސް" އަށް އޭނާގެ އެ ހިޔާލު އައިގޮތް ހިއްސާ ކުރަމުން ބުނީ، އޭނާ އަކީ ކާރު ދުއްވާ މީހަކަށް ވެފައި، މާލެއިން މީހުން ރަަށަަށް ގޮސްދާނެ ކަމަށް، ފުރަތަމަ އެކަން ފެށީ އަމިއްލަ ސަލާމަތާއި ރައްކަތެރިކަމަށްޓަކައި ކަމަށެވެ. ސަބަބަކީ ހިތުގެ މައްސަލަ ހުންނަ މީހަކަމަށް ވުމާއި ކޮވިޑް-19އަކީ އެފަދަ ބަލިތަކަށް ހުށަލެޅި ފައިވާ ފަރާތްތަކަށް އޮތް ބިރަކަށް ވާތީ ކަމަށެވެ.
މާލެ ފުރަތަމަ ލޮކްޑައުން ކުރި ދުވަހުގެ ރޭ ރައްޓެއްސަކާއި ދެމީހުން ކުރި ބުރަ މަސައްކަތާއެކު 16 ވަނަ ދުވަހު ކާރުގައި ޕާޓިޝަން ޖަހައިގެން ޓެކްސީ ކުރަން ފަށާފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ކާރު ތައްޔާރު ކުރުމަށް ފަހު ރައްޓެހިން ތިބޭ ވައިބާ ގްރޫޕްތަކަށް ވީޑިއޯ އާއި ފޮޓޯ ލުމުން މަލާމާތުގެ ރާގަށް އެކަން ހެދީ މަޖަލަ ކަމަށް އޭނާ ބުނެއެވެ.
ނަމަވެސް މިހާރު އެޗްޕީއޭން ޓެކްސީ އެމްބިއުލާންސްގެ ގަވާއިދު އިއުލާން ކުރުމާއެކު މިހާރު އެކި މީހުން ގުޅާ ކަމަށް އޭނާ ބުނެއެވެ.
ކާރުގައި ޖެހި ޕާޓިޝަން
ކާރުގެ ފަހަތު ސީޓާއި ކުރީ ސީޓު ގުޅޭ ހިސާބުގައި ލަކުޑި ފިލައިން ކާރުގެ ބައްޓަމަށް ކަފާ ހަރުކޮށްފައި ހުރީ އެ ޕާޓިޝަނެެވެ. ކާރުގެ ކުރީ ސީޓުގައި އިންނަ ޑްރައިވަރު ފެންނަ ގޮތަށް މެދާ ދިމާލުގައި ބިއްލޫރި ގަނޑެއް ޖަހާފައި ހުއްޓެވެ. ޖަހާފައި ހުންނަ ފިލާފަނޑުން ހޮޅި އެއް ގެންގޮސް ފަހަތުގައި ތިބޭ މީހުނަށް ކާރުގެ އޭސީ ފިނި ލިބޭގޮތަށްވެސް ހުރީ ހަދާފައެވެ.
މިހާރު އުމުރުން 52 އަހަރު ވެފައިވާ މުހައްމަދު ދީދީއަކީ އޭނާގެ އަމިއްލަ ރަށް، ގދ. ތިނަދޫގައި އަމިއްލަ ޓެކްސީ ސެންޓަރެއްގެ ހިދުމަތް ދެމުން އަންނަ ފަރާތެކެވެ. އުމުރުން 2 އަހަރުވީ އެ ސެންޓަރުގައި 3 ކާރު އޮވެއެވެ. ހަސަން ދީދީގެ އެ މަސައްކަތް ނޭނގި ނަމަވެސް މިއަދުގެ ހާލަތާ ގުޅިގެން ބަޔަކު ބަލައިގަންފައި ވާތީ އޭނާ އުފާ ކުރާ ކަމަށް އޭނާ ބުނެއެވެ. އެ މަސައްކަތަކީ އަމިއްލަ ރައްކާތެރި ކަމާއި އެހެން މީހުންގެ ރައްކާތެރި ކަމަށްވެސް އެޅިގެންދާނެ މުހިންމު ފިޔަވަޅަކަށް މި ވަނީ ވެފައެވެ.
އެޗްޕީއޭން ނެރެފައިވާ އުސޫލެއްގައި ބުނެފައި ވަނީ ކާރު (ޓެކްސީ އެމްބިއުލާންސް) ހުންނަން ވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ މިންގަނޑަށް ފެތޭގޮތަށް ކަމަށެވެ. އެގޮތުން އެކާރުގެ ރޯޑްވާދިނަސް ފުރިހަމަވާން ވާނެ ކަމަށްވެސް އުސޫލުގައި ބުނެފައި ވެއެވެ. ޓްރާންސްޕޯޓް މިންގަނޑު ތަކަށް އުޅަނދު ހުރުމާއެކު އުޅަނދުގެ ޑްރައިވަރު ސީޓް ހުންނަން ވާނީ މުޅިން ވަކިން ޕާޓިޝަނެއްގައި ކަމަށްވެސް އުސޫލުގައިވެއެވެ. ޕާޓިޝަން ޖެހުމަށް ބޭނުންކުރާ މެޓީރިއަލް އަކީ ފެން ނުފާއްދާ ފަސޭހައިން ސާފުކުރެވޭ އެއްޗަކަށް ވާންވާނެ ކަމަށްވެސް އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.
ސިއްހީގޮތުން ރައް ކާތެރިކަމެއްނެއި ސަބަބަކީ ޑްރައިވަރުއާއި ޕެސެންޖަރު މިދެބަޔަށް ފިނި ކޮއްދެނީ އެންމެ އެއާ ކޯނަކުން ދެބަޔަށްވެސް އެއަރ ސާކިއުލޭޓް ކުރަނީ އެކަތިން.
ޥަގުންގެ ކިބައިންވެސް ރައްކާތެރި ތިހެން ހެދީމަ
މިޔަށް ވުރެ ހަރަދު ކުޑަވެ، ޓްރާންސްޕޭރަންޓްކޮށް ފެންނަން ހުންނާނެ ސެލޯފިން ބޭނުން ކުރިނަމަ. އޫބަރ މީހުންވެސް ހަދަނީ އެހެން، ހަމައެކަނި ޑްރައިވަރ އިންނަ ތަނުގެ ވަށައިގެން ސެލޯފިން އިން ބައްދާފަ ޑަކްޓް ޓޭޕް އަޅާފައި ހުންނަނީ. ސާފުކުރަންވެސް ފަސޭހަވާނެ. ފަސިންޖަރު ފެންނާތީ ސޭފް ވެސް ވާނެ.
ތިކަހަލަ ކަނޑު ކޮހުންނަކަށް އެއްޗެއް ނޭންގޭނެ.
ފެންޓާސްޓިކް ބްރޯ
ވަރަށް ސަޅި އައިޑިއާއެއް. މިހެން އެންމެން ކާރު ހަދާލަން ވީ