މަޝްހޫރު ބާސްކެޓް ބޯޅަ ލެޖެންޑް މައިކަލް ޖޯޑަން 1985 ވަނަ އަހަރު ބޭނުންކުރި ބޫޓެއް، ރެކޯޑް އަގަކަށް ވިއްކާލައިފިއެވެ.

އޭނާގެ ސޮއިވެސް ކޮށްފައިވާ 'ނައިކީ އެއާ ޖޯޑަން 1'، އޮންލައިން ނީލަމުގައި ވިއްކާލާފައިވަނީ 560000 ޑޮލަރުގެ ރެކޯޑް އަގަކަށެވެ.

ޝިކާގޯ ބުލްސްއާއި ދެކޮޅަށް ނިކުތް މެޗުގައި އޭނާ ބޭނުން ކުރި ބޫޓު، ސޯތީބީޒްގައި އަގުކުރީ 100000-150000 ޑޮލަރާ ދެމެދު އަގެއްގައި ވިކޭނެ ކަމަށެވެ.

ނައިކީގެ ބޫޓެއް މީގެ ކުރިން އެންމެ ބޮޑު އަގުގައި ވިކިފައިވަނީ 437500 ޑޮލަރަށެވެ. އެއީ ނައިކޭގެ 1972 މޫން ޝޫޒްއެވެ.

ރެކޯޑް އަގަކަށް ވިއްކާލި ޖޯޑަންގެ ބޫޓު ޖޯޑަކީ ދެކަހަލަ 2 ބޫޓު ކިބައެވެ. އެގޮތުން ވާތު ކިބައަކީ ސައިޒް 13 ގެ ކިބައަކަށްވާއިރު، ކަނާތު ކިބައަކީ 13.5 ސައިޒުގެ ބޫޓު ކިބައެކެވެ.